ads
ޕީޖީ އައްބާސް
ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް މާދަމާ
ކުޑަކުދިންގެ އަދުލުގެ ގައުމީ ފެންވަރުގެ މަހާސިންތާ "ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025" ހޮނިހިރު ދުވަހު ފެށުމައް ތައްޔާރުވެއްޖެއެވެ.
Advertisement

ތިން ދުވަހަށް ކުރިއަށްދާ މި ކޮންފަރެންސް މިއީ ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ އިދާރާތަކާއި، ގުޅުންހުރި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ގައުމީ ފެންވަރުގެ ފުރަތަމަ މަހާސިންތާއެކެވެ. 

ޕީޖީ އޮފީހުން ބުނި ގޮތުގައި މި މަހާސިންތާ ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހުރި މައްސަލަތަކަށް ފަންނީ މަޝްވަރާގެ އަލީގައި ހައްލު ހޯދުމާއި ކުޑަކުދިން ކުށްކުރުމާ ދުރުކުރުމަށްޓަކައި، މިހާރު ޢަމަލުކުރަމުންދާ އުސޫލުތަކާއި، ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުން ހިމެނެއެވެ. މީގެ އިތުރުން ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކާއި ޖަމިއްޔާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުންވެސް ހިމެނެއެވެ.

މި މަހާސިންތާގައި ކުރެވޭ ފަންނީ މަޝްވަރާތަކާއި، ހުށަހެޅޭ ދިރާސީ ކަރުދާސްތަކުގެ އަލީގައި ޕޮލިސީ ރެކޮމަންޑޭޝަން ކަރުދާހެއް ތައްޔާރުކޮށް، އެކަންކަން ތަންފީޒުކުރުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޔުނިސެފްގެ އެހީތެރިކަމާއެކު ބާއްވާ މަހާސިންތާ އިންތިޒާމް ކުރަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް