
ފުލުހުން ބުނީ މިއަދުގެ 17:25 ހާއިރު މި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގު މޭރީ ބްރައުން ކައިރީގައިކަމަށެވެ. އެކްސިޑެންޓް ހިނގީ ބޮޑުތަކުރުފާނުމަގުގެ ދުވާ ޓުރެކް ސަރަހައްދުން އިރުން ހުޅަނގަށް ދަތުރު ކުރަމުންދިޔަ ދެ ސައިކަލު ޖެހިގެންކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އެމީހާއަށް ލިބިފައިވަނީ ކޮން އަނިޔާތަކެއްކަމެއް އަދި އެމީހާގެ ހާލަތެއް ފުލުހުން ނުބުނެއެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ދާދީ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ ފުރަތަމަ ތިން މަހު މާލޭ ސަރަހައްދުގައި 1000 ވުރެ އެކްސިޑެންޓް ވަނީ ހިނގާފައެވެ. އަދި މާލޭ ސަރައްހަދުގައި ފުރަތަމަ ތިން މަހުގެ ހިނގި އެކްސިޑެންޓްތަކުގައި އެކަކު ވަނީ މަރުވެފައެެވެ.