ads
ފެނަކަ
ފެނަކައިން އައްޑޫގައި 358 މުވައްޒަފުން ނަގާފައިވަނީ ގަވާއިދާ ހިލާފަށް: އޮޑިޓް
ފެނަކައިން އައްޑޫ ސިޓީގައި ހިންގާ ހަތަރު ޕްރޮޖެކްޓަކަށް 358 މުވައްޒަފުން ނަގާފައިވަނީ ކުންފުނީގެ ގަވާއިދާއި ހިއުމަން ރިސޯސް އެސްއޯޕީއާ ހިލާފަށްކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.
Advertisement

މި ޕްރޮޖެކްޓުތައް ފެށިއިރު ނަގާފައިވަނީ 85 މުވައްޒަފުން ކަމަށްވާއިރު، ފަހުން 273 މުވައްޒަފުން އިތުރަށް ނަގާފައިވާކަމަށް އޮޑިޓު ރިޕޯޓުން ދައްކައެވެ. އަދި މިހެން އިތުރަށް ނެގި މުވައްޒަފުންނަކީ ހުސްވާ މަގާމުތަކަށް ނޫންކަމަށްވެސް އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ފެނަކައިން އައްޑޫގައި ހިންގާ ހަތަރު ޕްރޮޖެކްޓަކީ ހިތަދޫގައި އިމާރާތްކުރަމުން އަންނަ ސެންޓްރަލް ޕަވާ ހައުސް އިމާރާތާއި ހިތަދޫ އޮފީހުގެ އާ އިމާރާތާއި މަރަދޫފޭދޫ އޮފީހުގެ އާ އިމާރާތުގެ އިތުރުން ހުޅުމީދޫ އޮފީހުގެ އާ އިމާރާތާއި އާ ޕަވާ ހައުސް އިމާރާތެވެ. 

މި ޕްރޮޖެކްޓުތައް "އިން-ހައުސްކޮށް" ގެންދިޔުމާ ގުޅިގެން ފެނަކައަށް 76 މިލިއަން ރުފިޔާގެ ގެއްލުން ވާނެކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިހާތަނަށް މި ޕްރޮޖެކްޓުތަކަށް 117 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެއްވެސް ޕްރޮޖެކްޓެއް ނިމިފައި ނުވާކަމަށް އޮޑިޓު އޮފީހުން ބުނެފައިވެއެވެ.

އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މި ޕްރޮޖެކްޓުތައް ހިންގުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާއިރު، ވައްކަމަށް ތުހުމަތުކުރެވޭ އެތައް ކަމަކާއި އަގު ބޮޑުކޮށް މުދާ ގަތުމުގެ ކަންކަން ވެސް ހިންގާފައިވެއެވެ. އަދި ބައެއް ތަކެތި އަގު ބޮޑުކޮށް ކުއްޔަށް ނެގުމަށް ފަހު، އެއްވެސް ވަރަކަށް ބޭނުންކޮށްފައި ނުވާކަމަށްވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިފަދަ މަސައްކަތްތައް ކުރާ ކުންފުނިތަކަށް އައުޓްސޯސްކޮށްގެން ކުރިއަށް ގެންދާނަމަ، މި ހަތަރު އިމާރާތް ނިންމުމަށް ހަރަދުވާނީ 109 މިލިއަން ރުފިޔާކަމަށް އޮޑިޓު އޮފީހުން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް