 
                                                                                                
                    މާރާމާރީއާއި ގެވެށި އަނިޔާގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. މާލޭން އުތުރުގެ ރަށަކަށް ނިސްބަތްވާ މި މީހާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ، އަލީ އާދަމް ނެރުއްވި މި ބަންދު އަމުރުން އެނގޭ ގޮތުގައި މި މީހާއަކީ ކުރިންވެސް ގިނަ އަދަދަކަށް ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރަނގަޅަށް ކަމަށްވެސް ކޯޓުންވަނީ ކަނޑައަޅާފައެވެ.