
ބްރޯޑްކޮމްއަށް މެމްމަބަރަކު އައްޔަންކުރަނީ އެ ކޮމިޝަންގެ މިހާރު މެމްބަރު އައިމިނަތު އަމީނާގެ މެމްބަރުކަމުގެ ދައުރު ހަމަވާތީއެވެ.
ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކުގެ ނަންތައް ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނު އިސްކަން ދެއްވާ ތަރުތީބުން މަޖިލިހަށް ހުށައަޅުއްވާފައެވެ. އެމަނިކުފާނުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ކުރީގެ ޓީވީ ޕްރެޒެންޓަރު އަދި މިހާރު އިސްލާމިކް މިނިސްޓްރީގެ އިސް މަގާމެއްގައި ހުންނެވި ޒަމްއަތު އަހްމަދު ވަހީދުއެވެ.
ބްރޯޑްކޮމަށް އައްޔަންކުރަން ރައީސް އިސްކަންދެއްވާ ތަރުތީބުން މަޖިލިހަށް ފޮނުވި ނަންތައް
- ޒަމްއަތު އަހްމަދު ވަހީދު
- އިބްރާހިމް އަޝްރަފް
- މޫސާ ރިލްވާން
- ޒީނާ ޒާހިރު
- އަލީ ޔޫސުފް
- ޝިމްލާ އަހްމަދު
ބްރޯޑްކޮމް މެމްބަރުންގެ ތެރެއިން ދައުރު ހަމަވާ މެމްބަރު އައިމިނަތު އަމީނާގެ ދައުރު ހަމަވަނީ އަންނަ ޖޫން މަހުގެ 15 ގައެވެ.
މަޖިލީހުގެ ރިޔާސަތުން ވަނީ ރައީސް ފޮނުއްވި ނަންތައް ދިރާސާކުރުމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީއަށް ފޮނުއްވާފައެވެ.