
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ހދ. ނޮޅިވަރަން / ސުހާނީ އުމުރުން 34 އަހަރުގެ އާދަމް އިބްރާހިމްއެވެ.
ފުލުހުން ބުނީ އާދަމް އިބްރާހިމް އިއްޔެ 14:00 އެހާކަންހާއިރު ގދ. ނަޑައްލާއަށް ކައިރިކުރި “ އިތުބާރު” ނަމަކަށް ކިޔާ ދޯނިން އެރަށަށް ފޭބުމަށްފަހު އެނބުރި ދޯންޏަށް އައިސްފައިނުވާތީއާއި އޭނާގެ އެއްވެސް ހަބަރެއް ނުވެގެން ރިޕޯޓްކޮށްފައިވަނީ ރޭ 22:25 އެހާކަންހާއިރުކަމަށެވެ.
މި މައުލޫމާތު ލިބުމާއެކު ރޭގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް ނަޑައްލާއަށް ގޮސް، ރަށުތެރެއާއި އެރަށް ކައިރީގައިވާ ފަޅު ރަށްތައް ބަލާފައިވާކަމަށާއި އަދި މިއަދުވެސް އޭނާ ހޯދުމަށްޓަކައި މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
އާދަމް އިބްރާހިމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 7909311 އަށް ގުޅުމަށް ފުލުހުން އެދެއެވެ.