ads
އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާދެމުން އަންނަ އައިޝަތު ޝަޒީ
ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް އަންހެނަކަށް އައިސީޔޫގައި ފަރުވާދެނީ
ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އަންހެން ކުއްޖެއްގެ ހާލު ސީރިއަސްވެ ފަރުވާދޭން ފަށައިފިއެވެ.
Advertisement

ސިނަމާލެ ބްރިޖް ހައިވޭގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވެގެން ފަރުވާދެމުން އަންނަނީ ފިޓްނަސް އިންފްލުއެންސާ އައިޝަތު ޝަޒީއަށެވެ. 

ހޮނިހިރު ދުވަހުގެ ރޭ 19:08 ހާއިރު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާ ދެމުން އަންނަ ޝަޒީ އިނީ އެކްސިޑެންޓުވި ރޭސް ސައިކަލުގެ ފަހަތުގައެވެ. ކަވަސާކީ ބްރޭންޑްގެ ރޭސް މި ސައިކަލް ބްރިޖުގައި ވަރަށް ބާރަށް ދުއްވާ ވީޑިއޯއެއް ކުރިން ވަނީ އާއްމުވެފައެވެ. 

your imageއެކްސިޑެންޓްވި ސައިކަލް 

އެކްސިޑެންޓްގައި ލިބުނު ޒަހަމްތަކަށް ޝަޒީއަށް ފުރަތަމަ ފަރުވާދެމުން އައީ އައިޖީއެމްއެޗް ވެންޓިލޭޓަރުގައެވެ. މިހާރު ވެންޓިލޭޓަރުން ނަގާ އައިސީޔޫއަށް ބަދަލުކޮށްފައިވާކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އެހެންނަމަވެސް ޝަޒީގެ ހާލު ވަރަށް ސީރިއަސްކަމަށް ހޮސްޕިޓަލުން ބުނެއެވެ. 

ދެ ސައިކަލް ޖެހި ހިނގި މި އެކްސިޑެންޓްގައި ޝަޒީގެ އިތުރުން އިތުރު ދެމީހަކަށްވެސް އަނިޔާވިއެވެ. އެހެންނަމަވެސް އެ ދެމީހުން ވަނީ ފަރުވާއަށް ފަހު ދޫކޮށްލާފައެވެ. 

ފުލުހުން ބުނީ އެކްސިޑެންޓުގައި ހިމެނޭ ދެ ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުން ގެންދާކަމަށެވެ. 

20%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް