ads
ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލު
މުވައްޒަފުންގެ ޕެންޝަން ފައިސާ ނުދައްކާ ވާހަކަ ވެމްކޯއިން ދޮގުކޮށްފި
މުވައްޒަފުންގެ ޕެންޝަން ފައިސާ ނުދައްކާ ކަމަށް ދެކެވޭ ވާހަކަތައް ކުނި މެނޭޖުކުރާ ކުންފުނި ވެމްކޯއިން ދޮގުކޮށްފި އެވެ.
Advertisement

ވެމްކޯގެ މުވައްޒަފުންނަށް ޕެންޝަން ފައިސާ ނުދައްކާތާ އަށް މަސް ވެއްޖެ ކަމަށް ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މިވަގުތު ޕެންޝަނާ ގުޅޭގޮތުން ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ޕެންޝަން އޮފީހާއެކު ގާތުން މަސައްކަތްކުރަމުންދާ ކަމަށް ވެމްކޯއިން ބުނެފައިވެ އެވެ. އަދި އެއްވެސް މުވައްޒަފެއްގެ ހައްގަށް އުނިކަމެއް ނާންނާނެހެން އިންތިޒާމުތައް ކުރެވިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

ވެމްކޯއިން ބުނެފައިވަނީ އެ ކުންފުނީގެ އާމްދަނީއާއި ހަރަދުތައް ހަމަޖައްސަމުންދަނީ ކުނި މެނޭޖުކުރުމާއި އެ ކުންފުނިން ދޭ މި ދާއިރާގެ ހިދުމަތުން ލިބޭ ފައިސާއިން ކަމަށެވެ. 

ނަމަވެސް ކުންފުންޏަށް ގިނަ ތަންތަނުން ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެފައިވެ އެވެ. މިގޮތުން މާލެ ސިޓީ ކައުންސިލުން މިވަގުތުވެސް ވެމްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 66 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވެމްކޯއިން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް