ads
ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
އަބްދުއްރަހީމް ވިދާޅުވީ ޕާޓި ބަދަލުކުރިޔަސް ގޮނޑި ނުގެއްލޭނެކަމަށް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީ ބަދަލުކުރި ނަމަވެސް ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދު ﷲ ވިދާޅުވެއްޖެއެވެ.
Advertisement

އަބްދުއްރަހީމް މިހެން ވިދާޅުވީ މަޖިލިސް މެމްބަރުންގެ މިނިވަންކަން ނެތް ކަމަށް ވިދާޅުވެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވުމުންނެވެ. 

މި ވާހަކަތަކާއި ގުޅިގެން އަބްދުއްރަހީމް ވިދާޚުވީ މެމްބަރުން ޕާޓީ ބަދަލުކުރިނަމަވެސް ގޮނޑި ގެއްލޭނެކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ނުވާނެކަމަށެވެ. 

"އިއްޒަތްތެރި މެމްބަރު. ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ކަމަށް ވާހަކައެއް ނެތް ގާނޫނުއަސާސީއަކު އެއް. އަޅުގަނޑު މި ޖެހެނީ ކޮންމެ ފަހަރަކު އެކަންކަން ރަނގަޅު ކޮށްލަދޭން. އެވާހަކަ އެގޮތަށް ލިޔެފަ އެބައޮތްތޯ ގާނޫނުއަސާސީގައި،" މެމްބަރު ހުސެއިން ޒިޔާދު ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމްގެ މި ވަހަކަތަކަށް ރައްދު ދެން ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދުއެވެ. އޭނާ ތުހުމަތު ކުރެއްވީ އަބްދުއްރަހީމް ދޮގު ހެއްދެވިކަމަށެވެ. އެގޮތުން ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ ބައެއް ތަޅުމުގައި ޝަމްހީދު ވަނީ ކިޔުއްވާފަ އެވެ. 

މިވާހަކަތަކަށްވެސް އަބްދުއްރަހީމް ވަނީ ރައްދުދެއްވާފައެވެ. އެގޮތުން ގާނޫނު އަސާސީއަށް ގެނައި ބަދަލާއި އެކު ގަވައިދެއް ހަދަންޖެހޭކަމަށެވެ.  

" އޭގަ އޮންނާނެ. އެ ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން އެކުލަވާލެވޭ ގާނޫނެއްގެ ވާހަކަ. އޮންނާނެ. އޮންނާނެ. އޮންނާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މި ސަރުކާރުން މިދިޔަ އަހަރުގެ ނޮވެމްބަރު 20 ގައި ގާނޫނުއަސާސީއަށް ގެނައި ބަދަލުގައި މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭނެ ތިން ގޮތެއްވަނީ ހިމަނާފައެވެ. އޭގައި ބުނެފައިވަނީ މެމްބަރަކު ޕާޓީން ވަކިވެއްޖެނަމަ، ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ އެމީހެއްގެ ގޮނޑި ގެއްލޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް