ads
ދުވެ ފިލަން އުޅެނިކޮށް ބިދޭސީއަކު ހައްޔަރުކުރަނީ
ޕިކަޕަކުން އުކާލީ ގުދަނަކުން ގެއްލުނު ސިނގިރޭޓުތަކެއް
ޕިކަޕަކުން މަގުމައްޗަށް އުކާލާފައި ދިޔަ 200 އަށްވުރެ ގިނަ ސިނގިރޭޓު ކާޓަންތަކަކީ ބޮންޑެޑްވެއާ ހައުސްއަކުން ގެއްލުނު ތަކެތި ކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ފިލައިގެން ދާން އުޅުނު ޕިކަޕަކުން މި ސިނގިރޭޓުތައް މަގުމައްޗަށް ދޫކޮށްލާފައި ދިޔަކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި މައްސަލައިގައި ބަނގުލަދޭޝްގެ ތިން މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުން އެ މީހުންގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހާފައެވެ. ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން ސިނގިރޭޓު ކާޓަންތައް ގެއްލުނީ ބިދޭސީން މަސައްކަތް ކުރަމުންދާ "ސީނިއާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް" ކުންފުނީގެ ބޮންޑެޑްވެއާ ހައުސްއިންނެވެ.

ހައްޔަރުކުރެވުނު ތިން މީހުންގެ މައްޗަށް ފުލުހުން ކުރަނީ ވައްކަމުގެ ތުހުމަތެވެ. ހައްޔަރުކުރެވުނު ބިދޭސީން ބުނެފައިވަނީ ސިނގިރޭޓު ކާޓަންތައް ހުރި ދަބަސް ޕިކަޕަށް އެރުވީ އުޖޫރައަށް އެ މަސައްކަތް ކޮށްދޭން ބިދޭސީއަކު އެދިގެން ކަމަށެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް