ހަބަރު /

"ފެންކޮއެ ހަންޓް"
ހުޅުމާލޭގައި ކިއުއާރު ކޯޑްތަކެއް ފޮރުވައިފި، ހޯދި މީހަކަށް ފައިސާގެ އިނާމު
މުހައްމަދު އާދަމް އަހްމަދު
13 މޭ 2025 - 22:12:47
ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ކިއުއާރު ކޯޑު ހޯދައިގެން އިނާމު ލިބޭ ހަރަކާތެއް އެޗްޑީސީން ފަށައިފިއެވެ.
މި ހަރަކާތައް ދީފައިވާ ނަމަކީ "ފެންކޮއެ ހަންޓް" އެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނާއި އައިލެންޑް ބެވަރޭޖެސް ގުޅިގެން ކުރިއަށްގެންދާ "ފެންކޮއެ" ހަންޓުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކިއުއާރު ކޯޑުތަކެއް ފޮރުވާފައި ހުންނާނެކަަމަށެވެ. މިތަކެތި ހޯދައިގެން ފައިސާގެ އިނާމު ލިބޭނެކަމަށް އެޗްޑީސީން ބުނެއެވެ.
"ފެންކޮއެ ހަންޓް" ކުރިޔަށްދާ ގޮތް
- ހުޅުމާލޭގެ އާއްމު އެކިއެކި ސަރަހައްދުތަކުގައި 35 ކިއުއާރު ކޯޑު ފޮރުވާފައި ހުންނާނެ.
- މި ހަންޓުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓާ ކުރުމަށްފަހު، ފޮރުވިފައިވާ ކިއުއާރު ކޯޑުތައް ހޯދުމަށްފަހު ކަލެކްޓަބަލްސް ހޯދުމަށް ސްކޭން ކުރަންވާނެ.
- ހަންޓުގައި ބައިވެރިވުމަށް ފޯނު ނަންބަރު ބޭނުންކޮށްގެން ރަޖިސްޓާ ކުރާން ޖެހޭ
- ކޮންމެ ކަލެކްޓަބަލް އަކީ 20 ޕޮއިންޓް، ނުވަތަ 50 ޕޮއިންޓު ނުވަތަ 100 ޕޮއިންޓު.
- ކިއުއާރު ކޯޑު ސްކޭން ކޮށްގެން ޕޮއިންޓު ކަލެކްޓު ކުރަމުންދާ ވަރަކަށް، އެންމެ ކުރީގައި އުޅޭ ކުޅުންތެރިންގެ ލައިވް ލީޑާ ބޯޑް ފެންނާނެ.
- ކިއުއާރު ކޯޑުތައް ފޮރުވިފައި ހުރި ސަރަހައްދުތަކުގެ ހިންޓު ލިބޭނެ.
"ފެންކޮއެ ހަންޓް" ގައި ރަޖިސްޓްރީ ކުރާން ޖެހޭ ލިންކް އަކީ މިއެވެ.
ލިބޭ ފައިސާގެ އިނާމުތައް
- އެއްވަނައަށް 7،000 ރުފިޔާ
- ދެވަނައަށް 4،000 ރުފިޔާ
- ތިންވަނައަށް 2،000 ރުފިޔާ
މި މަހުގެ 10ވަނަ ދުވަހު ފެށި މި ހަރަކާތްތައް ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށްކަމަށް އެޗްޑީސީން ބުނެއެވެ. އަދި ވަނަވަނަ އަށް ދާ ފަރާތްތަކަށް އިނާމު ދިނުން އޮންނާނީ ހޮނިހިރު ދުވަހު ބާއްވާ "ބީޗް ފެސްޓް"ގައި ކަމަށް އެޗްޑީސީއިން ބުނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް