ads
އަލީ އުމަރު
ބައްސާމްގެ ހިޔާނާތާ ގުޅިގެން އަލީ އުމަރު މިއަދު ކޯޓަށް ހާޒިރު ކުރަނީ
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ހިޔާނާތުގެ މައްސަލަތާއި ގުޅިގެން ހެކިބަސް ނެގުމަށް، އެފްއޭއެމްގެ ކުރީގެ ނާއިބު ރައީސް އަދި ރާއްޖޭގެ ކުރީގެ އެއްވަނަ ފޯވާޑް އަލީ އުމަރު މިއަދު ކޯޓަށް ހާޒިރު ކުރާނެއެވެ.
Advertisement

ބައްސާމްގެ ހިޔާނާތާއި ގުޅިގެން އަލީ އުމަރު މިއަދު ކޯޓަށް ހާޒިރު ކުރާއިރު، ކުރީގެ ޖެނެރަލް ސެކެއްޓްރީ ހުސެއިން ޖަވާޒުވެސްވަނީ ކުރިން ކޯޓަށް ހާޒިރުކޮށްފައެވެ. އޭގެ އިތުރުން އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމެންޓްގެ ހެޑަކަށް ކުރިން ހުރި، އަގީލްވެސް ކޯޓަށް ހާޒިރު ކުރާނެއެވެ،.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ފޮނުވި ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މި ފަހުންވަނީ ބުނެފައެވެ.

ބައްސާމްގެ ފީފާ ސަސްޕެންޝަން މުއްދަތު ހަމަވެފައިވާއިރު، ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރަން ބައްސާމް ތައްޔާރުވަމުންދާކަމަށް ބައެއް ރިޕޯޓުތަކުގައި ބުނެއެވެ.

ޕީޖީ އޮފީހުން ކުރިން ބުނެފައިވަނީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު، ބައްސާމް އަދި އޭނާގެ އަނބިކަނބަލުން އާމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް، އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށެވެ.

މި ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް