ads
އަޒާން
ފަނޑިޔާރުން ވަކިކުރަން އަޒާން ވޯޓެއް ނުދޭ
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ނެގުނު ވޯޓުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން ބައިވެރިވެ ވަޑައިގެންފައެއް ނުވާކަން ހާމަވެއްޖެއެވެ.
Advertisement

ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރުމަށް 68 މެމްބަރުން ވޯޓު ދެއްވާފައިވާއިރު، އެކަމާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވާފައިވެއެވެ. އަޒާންގެ އިތުރުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް ވޯޓުގައި ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން އަޒާން ވިދާޅުވީ، ގާނޫނުއަސާސީގައި ދަޢުލަތް ހިންގުމުގެ ތިން ބާރު ވަކިވެފައި އޮތް ނަމަވެސް، އޭރުވެސް، މިހާރުވެސް ފެންނަނީ ވެރިކަމުގެ ބާރުން އަދުލް އިންސާފު ގާއިމް ކުރުމުގެ ބާރަށް ނުފޫޒު ފޯރުވާ މަންޒަރު ކަމަށެވެ. އަދި ސުޕްރީމް ކޯޓަކީ އަދުލް އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ މަރުހަލާއަށްވާއިރު، އެ ކޯޓުގައި ތިއްބަވަން ޖެހޭނީ ނަޒާހަތްތެރި ފަނޑިޔާރުން ކަމަށް އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ މަރުޙަލާގައި ޖޭއެސްސީންނާއި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީންވެސް ޢަމަލު ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ. އަދި ޖޭއެސްސީން މައްސަލަ ބެލިއިރު ހުރިހާ އަޑުއެހުމެއް ސިއްރުކޮށް، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ ރިޕޯޓު ދިރާސާ ކުރެއްވި އިރު ކޮމިޓީ ސިއްރުކޮށްފައިވާ ކަމަށް ފާހަގަކުރެއްވިއެވެ. އަދި އެފަދަ ނިންމުމެއް ނިންމާއިރު މި ނޫން ދުވަހެއް ވެސް އަންނާނެކަން ދެކިވަޑައިގަނެގެން ތިއްބަވައިގެން މެންބަރުން ގޮތެއް ނިންމެވުމަށް އަޒާން ގޮވާލެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް