
އާޓިފިޝަލް ބީޗުގައި ބޭއްވި މި ހަރަކާތުގައި 24 ސްޓޯލަކުން 51 ކުދިން ބައިވެރިވެ، އެކުދިންގެ ވިޔަފާރީގެ ހުނަރުތައް ދައްކާލިއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ކުދިންގެ ތަފާތު ހުނަރުތަކާއި އުފެއްދުންތެރިކަން ދައްކުވައިދީ، ވިޔަފާރީގެ ދާއިރާ ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
ފެއަރގައި ބައިވެރިވި ކުދިންގެ ސްޓޯލްތަކުގައި އެކި ބާވަތްތަކުގެ ކާބޯތަކެއްޗާއި، އާޓް، ކްރޯޝޭކޮށް ތައްޔާރުކޮށްފައިވާ ތަކެއްޗާއި، މެންޓަލް ހެލްތާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން އަދި ކުދިން އަމިއްލައަށް ލިޔެ ޝާއިއުކޮށްފައިވާ ފޮތްތައް ހިމެނުނެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިއުމަތު ޝަފީގް ވިދާޅުވި ގޮތުގައި މިފަދަ ފުރުސަތުތައް ކުދިންނަށް ފަހިކޮށްދިނުމަކީ، ކުދިންގެ ހުނަރުތައް ތަރައްގީވެ އެކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އާލާވުމަށް ދެވޭ ހިތްވަރެކެވެ.
ފެއާގެ ތެރެއިން ކުދިންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ސްމޯލް އަދި ހޯމް ބިޒްނަސް ހިންގާ ފަރާތްތަކުގެ ތަޖުރިބާއާއި، ފައިނޭންޝަލް ލިޓްރެސީއާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދެވުނެވެ.
ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުންކުރުމާ ބެހޭގޮތުން "ދިރާގު ނެޓްޕްރޮޓެކްޓް"ގެ ހާއްސަ ސެޝަނެއްވެސް ބޭއްވުނެވެ.