މި ވީޑިއޯއަކީ ސައިކަލެއްގެ މަޑިދަށުން ވައްކަންކުރިކަމަށް ބެލެވޭ މައްސަލައަކާ ގުޅިގެން އެ މީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދުމަށް އާންމުކޮށްފައިވާ ވީޑިއޯއެކެވެ.
ފުލުހުން އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަނީ މީހަކު ސައިކަލެއްގެ މަޑިދަށަށް އަތްލައި މަތާލުމަށްފަހު އެތަނުން ސިނގިރޭޓު ފޮއްޓެއް ނަގާ މަންޒަރެވެ. މި ވީޑިއޯއިން ފެންނަ މީހާއަކީ ކާކުކަން ދެނެގަތުމަށް ފުލުހުން މަސައްކަތްކުރަމުންދާއިރު، އޭނާއާ ބެހޭ މައުލޫމާތު ލިބިފައިވާ ފަރާތްތަކުން މާފަންނު ޕޮލިސްގެ ނަންބަރު 9660183 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.
މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ޝުކުރު ދަންނަވާފައިވެއެވެ. ސައިކަލު މަޑިދަށުން ވައްކަންކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވޭއިރު، ސައިކަލު ބޭނުންކުރާ ފަރާތްތަކުން އިތުރު ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.