ރައީސް ޑރ. މުއިއްޒުގެ ޕޯސްޓުގައިވަނީ އާއިލާތަކުގެ ބައިނަލްއަގްވާމީ ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހި އާއިލާތަކަށް ފޮނުވާފައެވެ. ރައީސް ވިދާޅުވީ ދިވެހި ކޮންމެ އާއިލާއަކަށް އެމެނިފާނު އެދެވަޑައިގަންނަވަނީ ފަހިކަމާއި ފާގަތިކަމަށްކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ އިސްލާމް ދީން އެންމެ ބޮޑަށް ބާރު އަޅަނީ އާއިލީ ގުޅުންތައް ހަރުދަނާކުރަން ކަމަށާއި އާއިލާތައް ބަދަހިވުމުން ޤައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާ ވާނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 15 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހުގެ ގޮތުގައެވެ.
އާއިލާތަކުގެ ހާލަތު ބެލުމަށް ވެސް ސަރުކާރުން އަންނަނީ "ހާލު ކިހިނެއް؟"ގެ ނަމުގައި ރާއްޖޭގެ ހުރިހާ އާއިލާތަކުގެ ހާލަތު ދެނެގަތުމުގެ ޕްރޮގްރާމެއް ހިންގަމުންނެވެ.