
މި މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 30 ގެ ނިޔަލަށް ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައެވެ.
ދިރާގުން ބުނީ މިއީ 2013 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ސްޓޫޑެންޓްސް ޔުނިއަން (އެމްއެންއެސްޔޫ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރާއްޖޭގެ ކޮލެޖް އަދި ޔުނިވާސިޓީތަކުގެ މެދުގައި ބާއްވާ އެންމެ ވަރުގަދަ ފުޓްސަލް މުބާރާތް ކަމަށެވެ. އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން ކުރިއަށް ގެންދާ މި މުބާރާތުގެ މަގުސަދަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ފުޓްސަލް ހުނަރު ތަރައްގީކޮށް ކުޅުންތެރިން ބިނާކުރުމަށް އެހީތެރިވެދިނުން ކަމަށް ދިރާގުން އޮފީހުން ބުނީއެވެ.
މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންނާއި ސަޕޯޓަރުންނަށް ހާއްސަކޮށްގެން ދިރާގުން ވަނީ ހާއްސަ އޮފާތަކެއް ތައާރަފްކޮށްފައެވެ. އަދި ދިރާގު ކަސްޓަމަރުންނަށް ޕީއެސް5 އެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މުބާރާތް ކުރިއަށްދާ ކޮންމެ ދުވަހަކު ދަރިވަރުންނަށް ހާއްސަ އޮފާތަކެއް ދިނުމަށް ވެސް ދިރާގުން ވަނީ ނިންމާފައެވެ. ދިރާގަކީ ރާއްޖޭގައި ފުޓްސަލް ފަދަ މަގްބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ.