ads
މިދިޔަ އަހަރުގެ ރިޔާސީ ބަޔާން އިއްވުން
މަޖިލީހުގެ މެންބަރުންގެ އަދަދު 93 ގައި ކޮންޓްރޯލް ކުރަން ރައީސް ހުށަހަޅުއްވަނީ
މަޖިލީހުގެ މެންބަރުންގެ އަދަދު 93 ގައި ހިފެހެއްޓުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
Advertisement

ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިހާރުވެސް މަޖިލީހުގެ މެންބަރުންގެ އަދަދު 93 އަށް އިތުރުވެފައިވާއިރު، ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާނީ މި އަދަދު އިތުރަށް ނުބޮޑުވުން ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކުރިން މަޖިލީހުގައި ތިބި 77 މެންބަރުންވެސް ގިނަ ކަމަށާއި، ނަމަވެސް ޑިމޮކްރަސީގައި ރައްޔިތުންގެ ރިޕްރެޒެންޓޭޝަން އިތުރުކުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަދި މިހާރު މަޖިލީހުގެ މެންބަރުންގެ އަދަދު 93 އަށް އިތުރުވެފައިވާތީ، މި އަދަދު އިތުރަށް ނުބޮޑުވާނެ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދުވެސް މިހާރު އޮތް ވަރުގައި ހިފެހެއްޓުމަށް ހުށަހަޅުއްވާނެ ކަމަށެވެ. މިގޮތުން މާލޭ ސިޓީ ކައުންސިލްގައި ފުރަތަމަ 11 ކައުންސިލަރުން ތިބިއިރު، މިހާރު އާބާދީ ބޮޑުވުމާ ގުޅިގެން 18 ކައުންސިލަރުން ތިބިކަމަށާއި، މިހާރު އޮތް އަދަދަށްވުރެ އިތުރަށް ނުބޮޑުވާނެ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީ ފަދަ ތަންތަނުގެ ކައުންސިލްތަކުގެ މެންބަރުންގެ އަދަދުވެސް މިހާރު އޮތް ވަރުގައި ހިފެހެއްޓުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް