ads
އޭޖީ އަހުމަދު އުޝާމް: -- ފޮޓޯ: އޭޖީ އޮފީސް
އޭޖީ އޮފީސް، ސިވިލް ސާވިސްއިން ވަކިކުރަން ފާސްކޮށްފި
ބަންޑާރަ ނައިބު ނުވަތަ އެޓާނީ ޖެނެރަލް (އޭޖީ) އޮފީސް ސިވިލް ސާވިސްގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައި ބަދަލުގައި ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމުކުރުމަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
Advertisement

 މި ބިލު ފާސްކުރީ 64 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލާ އެއްގޮތަށް އޭޖީ އޮފީހުގެ މުވައްޒަފުން ބެހިގެންދާނީ ލީގަލް ސާވިސް އަދި އެޑްމިނިސްޓްރޭޓިވް ސާވިސް މި ދެ ބަޔަށެވެ. ލީގަލް ސާވިސްގައި ހިމެނޭނީ އޭޖީ އޮފީހުން އަދާކުރަންޖެހޭ ގާނޫނީ މަސްއޫލިއްޔަތުތަކަށް އެ އޮފީހަށް އައްޔަންކުރާ ފަންނީ މުވައްޒަފުންނެވެ. އަދި އެޑްމިނިސްޓްރޭޝަން ސާވިސްގައި ހިމެނޭނީ އެ އޮފީހުގެ ލީގަލް ޑިވިޝަންތަކުގެ އިދާރީ ހިންގުމަށާއި އޮފީހުގެ އާންމު އިދާރީ ހިންގުމަށް އައްޔަންކުރާ މުވައްޒަފުންނެވެ. ލީގަލް ސާވިސްގެ މުވައްޒަފުން އައްޔަންކޮށް ވަކިކުރުމުގެ ބާރު އޮންނާނީ ބަންޑާރަ ނައިބަށެވެ.

ބިލުގައިވާ ގޮތުން ބަންޑާރަ ނައިބު އޮފީހުގެ މަގާމުތައް ތަރުތީބުވާނެ ގޮތުގެ އޮނިގަނޑު އަދި އިދާރީ އޮނިގަނޑު ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަސް ތެރޭގައި އެކުލަވާލަން ޖެހޭނެއެވެ. އަދި މަގާމުތަކުގެ އޮނިގަނޑު އެކުލަވާލާތާ 30 ދުވަހުގެ ތެރޭގައި މުސާރައިގެ އޮނިގަނޑު އެކުލަވާލަން ޖެހޭނެއެވެ. މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނެޝަނަލް ޕޭ ކޮމިޝަނުގެ ސިޔާސަތާ އެއްގޮތަށް ފިނޭންސް މިނިސްޓްރީންނެވެ. ބިލު ގާނޫނަކަށް ވުމުން ގާނޫނަށް އަމަލުކުރަން ފަށަން ޖެހެނީ ގާނޫނު ތަސްދީގުކުރާތާ 90 ދުވަހުގެ ތެރޭގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް