ads
ސިލްސިލާ މާރާމާރީ އިތުރު ކަމަށް މުއްދަތު މަޖިލިސްތަކުން ދައްކާ
"ގޭންގު ކުށް" ތަކަށް 25 އަހަރާއި 10 މިލިއަން ރުފިޔާގެ އަދަބު ދޭ ބިލް ފާސްކޮށްފި
"ގޭންގު ކުށް" ނުވަތަ އިމްތިޒާމުވެގެން ހިންގާކުށްތަކަށް 25 އަހަރުގެ ޖަލު ހުކުމާއި 10 މިލިއަން ރުފިޔާގެ ޖޫރިމަނާގެ އަދަބު ދޭ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ
Advertisement

ކޯޓު އަމުރެއް ނެތި ގިނަ ބާރުތަކެއް ފުލުހުންނަށް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ފާސްކުރީ 55 މެންބަރުންގެ ވޯޓާއެކުއެވެ. މި ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައި ނުވާއިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވާ 11 މެންބަރުން ތިއްބެވިއެވެ.

މި ބިލުގައި ހިމަނާފައިވާ އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތަކުގެ ތެރޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، މީހުން ޓްރެފިކް ކުރުމާއި، ރާއްޖެއަށް ގެނައުން މަނާ ތަކެތިން ވިޔަފާރި ކުރުން ހިމެނެއެވެ. އަދި ނުރައްކާތެރި ކުށްތަކުގެ ގޮތުގައި މީހަކު މަރާލުމާއި، މީހާކާމެދު ނުރައްކާތެރި މާރާމާރީ ހިންގުމާއި، މީހަކަށް ބޮޑު ޖިސްމާނީ އަނިޔާއެއް ދިނުމާއި، މީހަކު ކިޑްނެޕް ކުރުމާއި، މީހަކަށް ބިރު ދެއްކުން ހިމެނެއެވެ.

މި ބިލުގެ ދަށުން ކޯޓު އަމުރަކާ ނުލައި މީހުން ބަލައި ފާސްކުރުމާއި، ހައްޔަރު ކުރުމާއި، އަމިއްލަ ތަނަކުން މީހަކު ހައްޔަރު ކުރުމަށް ފަހު އެ ތަނެއް ބަލައި ފާސްކުރުމުގެ ހާއްސަ ބާރުތަކެއް ފުލުހުންނަށް ލިބިގެންދެއެވެ. އަދި އެއްގަމު އުޅަނދާއި ކަނޑުގައި ދުއްވާ އުޅަނދުތައް ބަލައި ފާސްކުރުމާއި، އެ އުޅަނދެއްގައިވާ މީހެއްގެ ސާމްޕަލް ނެގުމުގެ ބާރު ވެސް ފުލުހުންނަށް ލިބިގެންދާނެއެވެ. އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުން ނުވަތަ ހިންގުމުގެ ކުށް ކުރާ މީހަކު 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު 10 މިލިއަން ރުފިޔާ އާއި ތިން މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

ގޭންގަކަށް ނިސްބަތްވާ މީހުން އެ ގާނޫނުގެ ދަށުން ކަނޑައަޅާނީ ޝަރުއީ ކޯޓަކުންނެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް