ads
ޣައްސާނާއި ޝިޔާމް: މި ދޭބުފުޅުން ވަނީ ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ކަނޑައަޅައިފައި -
ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ގައްސާނާއި ޝިޔާމް ހަމަޖައްސައިފި
ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރޭ ކަނޑައަޅައިފި އެވެ.
Advertisement

ޕީޕީއެމް އުވިގެންދިޔައިރު އެ ޕާޓީގެ ސެނެޓް މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޕީއެންސީއާ ގުޅެން ބޭނުންވި ބޭފުޅުން ރަސްމީކޮށް ޕާޓީއާ ގުޅުމަށް ރޭ ޕީއެންސީ އޮފީހުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ޕީއެންސީގެ ސެނެޓް ނުވަތަ މެންބަރުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވެ އެވެ.

ރޭ ޕީއެންސީއާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ޣައްސާން އާއި މިނިސްޓަރު ޝިޔާމް ވެސް ހިމެނެ އެވެ. އެ ދެ ބޭފުޅުން ޕީއެންސީގެ ނައިބު ރައީސްގެ ގޮތުގައި ކަނޑައަޅަން މެންބަރުންގެ މަޖިލީހަށް ހުށަހެޅުއްވީ ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް ހުށަހެޅުއްވި އެ ހުށަހެޅުން ފާސްކޮށްފައިވަނީ އަގުލަބިއްޔަތުންނެވެ.

މި ދެ ބޭފުޅުންނާއެކު މިހާރު ޖުމްލަ އަށް ބޭފުޅުން ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމުގައި ތިއްބަވާނެ އެވެ. މީގެ ކުރިން ތިއްބެވި ހަ ބޭފުޅުންނަކީ:

  • ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް
  • މިނިސްޓަރު އާދަމް ޝަރީފް އުމަރު
  • މިނިސްޓަރު މުހައްމަދު ސައީދު
  • އެލްޖީއޭގެ ސީއީއޯ ނިމާލް
  • ޔޫއޭއީއަށް ކަނޑައަޅުއްވައިފައިވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު)
  • ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު

އެންމެ ފަހުން ޕީއެންސީގެ ސެނެޓު ބައްދަލުވުމެއް ބާއްވައިފައިވަނީ މިދިޔަ ޑިސެމްބަރުގެ ތެރޭ ޕީޕިއެމް އުވައިލުމުގެ މަޝްވަރާތަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް