
އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ދެނީ އެމްޕީއެލްއާ ގުޅިގެންނެވެ. ބަންކަރިން ހިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ސީދާ އެސްޓީއޯއިންނެވެ. އެ ހިދުމަތް އެސްޓީއޯއިން ދެނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ ގުޅިގެންނެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރުގައި ފެށި އޮފްޝޯ ބަންކަރިން ހިދުމަތް ދެނީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ.
ބާސެލޯ ނަސަންދުރާގައި މިރޭ ކުރިއަށް ދިޔަ އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ އަހަރީ ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުން ޝިމާދު ވިދާޅުވީ އިހަވަންދިއްޕޮޅުން ބަންކަރިންގެ ހިދުމަތް ފެށި ނަމަވެސް، އެ ހިދުމަތުގެ ވިޔަފާރި ރަނގަޅީ މާލެ ސަރަހައްދުގައި ކަމަށެވެ.
ބަންކަރިންގައި އަދިވެސް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް ކަމާބެހޭ ފަރާތްތަކާއެކު ކުރަމުންދާ ކަމަށްވެސް ޝިމާދު ވިދާޅުވި އެވެ.
ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ވިޓޯލްއާ ގުޅިގެން އޯފްޝޯ ހިދުމަތެއްގެ ގޮތުގައި ބަންކަރިންގެ ހިދުމަތް ފަށާފައިވާއިރު އެ ހިދުމަތަށް އެސްޓީއޯ އިން ބޭނުންކުރަނީ ދެ ބޯޓެކެވެ.