މުދާ ޖެޓީ ތަރައްގީކުރުމުގެ މަސައްކަތަށް އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެދި އެޗްޑީސީން މިއަހަރު އޭޕްރީލް 9 ވަނަ ދުވަހު އިއުލާންކުރިއެވެ. ނަމަވެސް އުޅަނދުތައް ނެގުމަށް ދިން މުއްދަތު ހަމަވުމުން، އެޗްޑީސީން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެންގުމާ ގުޅިގެން ބައެއް އޮޑިވެރިން އެ ސަރަހައްދަށް އެއްވެ ކަންބޮޑުވުން ފާޅުކުރިއެވެ.
އެޗްޑީސީގެ އިސްވެރިން އޮޑިވެރިންނާއެކު މަޝްވަރާކުރުމަށްފަހު، މުދާ ޖެޓީ ސަރަހައްދުގައި އޮތް އުޅަނދުތައް ވަގުތީގޮތުން އެހެން ސަރަހައްދެއްގައި ބޭއްވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިދީފައެވެ. އެޗްޑީސީން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ދިމާވާ މިފަދަ އެންމެހާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;