ads
އާރުޓީއެލް ފެރީ ހިދުމަތް ފުޅާކުރަން އިންޑިއާއިން 100 މިލިއަން ރުފިޔާގެ އެހީ ދިނުން
އާރުޓީއެލް ފެރީ ހިދުމަތް ފުޅާކުރަން އިންޑިއާއިން 100 މިލިއަން ރުފިޔާގެ އެހީ
އާރުޓީއެލް ފެރީގެ ހިދުމަތް ފުޅާކުރުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
Advertisement

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހައި އިމްޕެކްޓު ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ތިން ވަނަ ފިޔަވަހީގެ އެގްރިމެންޓުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އަދި އިންޑިއާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ޖީ ބަލަސުބްރަމަނިއަމްއެވެ. މި އެހީގެ ދަށުން 12 ފެރީ ބަންނަން ނިންމާފައިވާއިރު، ފެރީތައް ބަންނާނެ ފަރާތެއް ހޯދުމަށް އެމްޓީސީސީން މަޝްވަރާކުރަމުންދާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ޔާސިރު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ އަންނަ މަހު ރ. އަތޮޅުގައި އަދި ޖޫން މަހު ބ. އަތޮޅުގައި އާރުޓީއެލް ފެށުމަށް ތައްޔާރުވަމުންނެވެ. މިހާރު ވެސް އުތުރާއި އެންމެ ދެކުނުގައި ހިމެނޭ ނުވަ އަތޮޅުގެ 81 ރަށް ގުޅުވާލާފައިވާއިރު، އެއީ އަލްޝާލީގެ 10 އަދި ގަލްފް ކްރާފްޓުގެ 17 ލޯންޗުން ކަމަށް ޔާސިރު ވިދާޅުވިއެވެ. އަދި ޒޯނު ހަތަރެއްގައި ހިމެނޭ މ، ފ، ދ، ތ. އަދި ޒޯނު ފަހެއްގައި ހިމެނޭ މާލެ އަތޮޅާއި އއ، އދ، އަދި ވ. އަތޮޅުގައި ވެސް މި އަހަރު ނިމުމުގެ ކުރިން އާރުޓީއެލް ފަށާނެ ކަމަށް ސަރުކާރުން ވަނީ ކުރިން ބުނެފައެވެ.

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިންޑިއާގެ އެ އެހީއަކީ ގައުމީ ދަތުރުފަތުރުގެ ނެޓްވޯކް އިތުރަށް ހަރުދަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރާ ގުޅިފައިވާ ކާމިޔާބީއެއް ކަމަށެވެ. އާރުޓީއެލް ޕްރޮޖެކްޓު ނިމޭއިރު 80 ލޯންޗުން މުޅި ރާއްޖެ ގުޅުވާލާނެ ކަމަށް ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް