ads
ބައިޑެން އަށް ކެންސަރު ޖެހިއްޖެ
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެން އަށް ކެންސަރު ޖެހި ފަރުވާ ހޯދަން ފަށައިފިއެވެ.
Advertisement

ބައިޑެންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ބައިޑެންއަށް ޖެހިފައިވަނީ ޕްރޮސްޓޭޓް ކެންސަރުކަމަށެވެ.

ބައިޑެންެއަށް ކެންސަރު ޖެހުނުކަން އެނގުނީ މިދިޔަ ހަފްތާގައިކަމަށާއި ކެންސަރު ބައިޑެންގެ ކަށިތަކަށް މިހާރު ފެތުރިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ. 

ބައިޑެންގެ އޮފީހުން ބުނީ ޑޮކްޓަރުންގެ ލަފަޔާއެކު ކެންސަރަށް ފަރުވާ ހޯދުމުގެ މަސައްކަތް ފެށުމަށް ބައިޑެން މަސައްކަތް ކުރަމުން ގެންދަވާކަމަށެވެ. 

ބައިޑެން އަށް ކެންސަރު ޖެހުނު ހަބަރާއިއެކު ރިޔާސީ އިންތިހާބުގައި އޭނާ ބަލިކުރައްވާ ވެރިކަމަށް ވަޑައިގެންނެ   އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެކަމާ ހިތާމަފާޅުކޮށް، އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

އުމުރުން 82 އަހަރުގެ ބައިޑެންއަކީ އެމެރިކާގައި ވެރިކަން ކުރެއްވި އެންމެ އުމުރުން ދުވަސްވީ ރައީސެވެ.

ބަރަކް އޮބާމާގެ ވެރިކަމުގައި ނައިބު ރައީސްކަންވެސް ކުރެއްވި ބައިޑެން ވެރިކަމުގައި ހުންނެވި ދުވަސްވަރުވެސް އޭނާގެ ސިއްހީ ހާލަތާއި މެދު ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާާޅުކޮށް ފާޑުކިޔަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް