ads
ވައިގަދަވެ ބ ގޮއިދޫގައި ގަހެއް ވެެއޓިގަ
ވަރަށް ވައިގަދަ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ވައި ގަދަވާނެތީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫުސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
Advertisement

އެ އިދާރާއިން އެލާޓް ނެރެފައވަނީ ށ އަތޮޅުން ފެށިގެން މ. އަތޮޅަށެވެ. އެލާޓް ނެރެފައިވަނީ 11؛30 އިން ފެށިގެން 15:30 އަށެވެ.

މެޓް އޮފީހުން ބުނީ އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

އެ އިދާރާއިން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށެވެ. އަދި މި ތިން ދުވަހު މުޅި ރާޢްޖެއަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް