އިމިގްރޭޝަނުން ބުނީ އިންޓަވިއު އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00އަށް ގަލޮޅު ސްކޫލުގައި ކަމަށެވެ.
އިމިގްރޭޝަނުން ބުނީ އިންޓަވިއުކުރުން ކުރިއަށް ގެންދާނީ އެ އިދާރާއިން ކަނޑައަޅާ ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުން ކަމަށެވެ.
އިންޓަވިއުގެ ޝަރުތުތައް:
" ވޯކް އިން އިންޓަވިއު" އަކީ ކުރިން ހުށަހެޅުމެއް ނެތި، އެ ތަނަކުން ބުނާ ގަޑިއެއްގައި ދިޔުމުން ކުރާ އިންޓަވިއުއެވެ.
އިމިގްރޭޝަނުން އޮފިސަރުން ހޯދަން އިއުލާންކޮށްފައި މިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާ ދިމާކޮށެވެ. އާ ޓާމިނަލް އަންނަ އޮކްޓޯބަރު މަހަށް ނިންމަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.