ads
މަންދު ކޮލެޖުގެ ގްރެޖުއޭޝަން ހަފުލާއެއްގެ ތެރެއިން--
"ވާޗުއަލް ކްލާސް" އާ އެކު މަންދު ކޮލެޖުގެ ކިޔެވުން ހުއްޓުމެއް ނެތި ކުރިއަށް!
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބާރު ރޯޅި ރާއްޖެއާ ހިސާބަށް ފޯރައި އެކަމުގެ އަސަރު ކުރަން ފެށިތާ މަހެއްހާ ދުވަސްވެއްޖެ އެވެ. ދިރިއުޅުމުގެ ވައްޓަފާޅިއާ އެއްވަރަށް ތައުލީމީ ނިޒާމަށް ވެސް ބަދަލު އައިސްފި އެވެ.

ސްކޫލުތަކާއި ޔުނިވާސިޓީތަކުގެ އިތުރުން ކޮލެޖުތަކުގެ ކިޔެވުން ހުއްޓި ދަރިވަރުންނަށް ގޭގައި މަޑުކުރަން މިވަނީ މަޖްބޫރުވެފަ އެވެ. އެކަމަކު މި މިދަނޑިވަޅުގައި ވެސް ރާއްޖޭގައި އެންމެ ދުވަސްވީ އެއް ތައުލީމީ މަރުކަޒު، މަންދު ކޮލެޖުން އަންނަނީ ހުއްޓުމެއް ނެތި ކިޔަވައިދެމުންނެވެ. މިގޮތަށް ހުއްޓުމެއް ނެތި ކިޔަވައިދިނުމުގެ އަސްލަކީ އެ ކޮލެޖުން އަމިއްލަ އަށް ފަރުމާކުރި "ވާޗުއަލް ކްލާސް" އެވެ.

މިއާއެކު އަމިއްލަ ރަށުގައި ހުރެގެން ކިޔެވުމުގެ މަގު ފަހިވެގެންދާއިރު އުނދަގުލެއް ނެތި އަސްލު ކުލާސްރޫމެކޭ އެއްގޮތަށް ކިޔެވުމުގެ ފުރުސަތު ލިބެ އެވެ. ވާޗުއަލްކޮށް ކިޔަވައިދޭއިރު ކޮންމެ މޮޑިއުލެއް ވެސް ކިޔަވައިދޭ ލެކްޗަރާއާއި ދަރިވަރުން ސީދާ ބައްދަލުވުމުގެ ފުރުސަތު އޮވެ އެވެ. މިކަމުގެ ސަބަބުން އިތުރަށް އޮޅުންފިލުވަން ބޭނުންވިޔަސް އެކަން ވެސް ކުރެވޭނެ އެވެ. އަދި ދަރިވަރުންނާއި ދަރިވަރުން ބައްދަލުވެ އެކި އެކި ހިޔާލުތައް މަޝްވަރާކުރަން ފަސޭހަވެ އެވެ. 

ރާއްޖޭގައި ވާޗުއަލްކޮށް ކިޔަވައިދޭ ހަމައެކަނި މަރުކަޒު، މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ ކޮވިޑް-19 އާއެކު ކެމްޕަސްތަކުގައި ކިޔަވައިދިނުން ހުއްޓިފައިވާ މިދަނޑިވަޅުގައި އެ ކޮލެޖުގެ ހުރިހާ ކްލާސްތަކެއް ވާޗުއަލް ކެމްޕަހަށް ބަދަލުކޮށްފައިވާ ކަމަށެވެ. 

މަންދުން ފަރުމާކުރި ވާޗުއަލް ސިސްޓަމަކީ ފައިލްތައް ފޮނުވުމާއި ހުރިހާ ފިލާވަޅުތައް ރެކޯޑްކުރުމާއި ސްލައިޑްޝޯތައް ވެސް ދައްކާލެވޭހާ ރަނގަޅަށް ފަރުމާކޮށްފައިވާ ސިސްޓަމެކެވެ. 

ލެކްޗަރާ ކިޔަވައިދޭ ގަޑީގައި ދަރިވަރުުން ވާޗުއަލް ކްލާހަށް ލޮގިން ވުމުން ކޮންމެ ދަރިވަރަކަށް ވެސް ކުރެވޭނީ ކްލާސްރޫމެއްގައި އިނދެގެން ކިޔަވާ އިހުސާސެކެވެ. ވަޒީފާ އަދާކުރަމުން އާއިލާއާއެކު ވަގުތު ވެސް ހޭދަކުރަމުން ކިޔެވުމަށް އެންމެ ރަނގަޅު އެއް ސިސްޓަމްގެ ގޮތުގައި ފާހަގަކުރާ ވާޗުއަލް ކްލާހުގައި ތިބެގެން ކިޔެވުމުގެ މަގު މަންދުން ފަހިކޮށްދިންއިރު އިބްރާ ވިދާޅުވި ގޮތުގައި އެކޮލެޖްގެ އަމާޒަކީ، މި އުނދަގޫ ދަނޑިވަޅުގައިވެސް، ކޮލެޖްގެ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމެވެ. އަދި އެ ކޮލެޖުން ދަރިވަރުންނަށް ދެމުން އަންނަ އެއްވެސް ހިދުމަތަކަށް ބުރޫ ނާރާ ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ވެސް ހަމަޖައްސަވާފައިވާކަން އިބްރާ ފާހަގަކުރެއްވި އެވެ. 

ގްރޫޕް ސްޓަޑީވެސް ހެދޭހާ ފެންވަރަށް ދަރިވަރުންނާއި ހަމައަށް ގެނެސްދީފައިވާ މި ސިސްޓަމަކީ ކޮލެޖް/ ޔުނިވާސިޓީތަކުގެ ކިޔެވުން ހުއްޓިފައިވާ މިވަގުތު ހަމަގައިމު ވެސް މަންދުގެ ދަރިވަރުންނަށް ލިބުނު ބޮޑު ލުޔަކަށް ވެގެންދާނެ އެވެ. 

ބޭނުން ބަޔަކަށް ސިސްޓަމް ބޭނުންކުރަން ލިބިދާނެ:

މާލެ ލޮކްޑައުންކުރުމާއެކު ލެކްޗަރާ އިންނަށްވެސް، ކެމްޕަހަށް ހާޒިރު ނުވެ، ކްލާސްތައް ނަގައިދޭން ލިބުމަކީ ފަސޭހަ ކަމެކެވެ. "ވާޗުއަލް" ކޮށް ކިޔަވައިދޭ އިރު މަންދު ކޮލެޖު ހިންގުން ވެސް މިހާރު ވަނީ "ވާޗުއަލް" ކޮށްފަ އެވެ. އެހެންކަމުން މާލެ ލޮކްޑައުން ކުރުމާއެކު ކޮލެޖުގެ އެހެން ސްޓާފުން ވެސް ގޭގައި މަސައްކަތް ކުރަމުން އަންނައިރު އިބްރާ ވިދާޅުވީ އެ ސިސްޓަމް ބޭނުންކުރަން ބޭނުންވާ އެހެން ފަރާތްތަކަށް ވެސް އެ ފުރުސަތު ލިބިދާނެ ކަމަށެވެ. އަދި އެކަަމަށް ޝައުގުވެރިވާނަމަ ގުޅުމަށް ވެސް އެދިވަޑައިގަތެވެ. އަދި ވިދާޅުވީ އެއް ހަފްތާގެ ފްރީ ޓްރަޔަލްއެއް ދައްކާލެވިދާނެ ކަމަށެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ގަބޫލުކުރާ ކޯސްތައް އެތަނުން ހިންގަމުން އަންނައިރު ވާޗުއަލް ކެމްޕަހުގައި ކިޔަވާ ދަރިވަރުންނަށް ކަނެކްޝަން ފީތައް ދައްކައިދެނީ ވެސް އެ ކޮލެޖުންނެވެ.

މީގެ 22 އަހަރު ކުރިން 1998 އިން ފެށިގެން ތައުލީމު ފޯރުކޮށްދެމުން އަންނަ މަންދު ކޮލެޖުގައި 500 އެއްހާ ދަރިވަރުން ކިޔަވަމުން އަންނައިރު ޖުމްލަ 52 ކޯހެއް އެތަނުން އަންނަނީ ކުރިއަށް ގެންދަމުންނެވެ. މިއަހަރު އަލަށް 17 ކޯހެއްގެ ކިޔެވުން ފެށިއިރު ސެޓްފިކެޓް ލެވެލްގެ ކޯސްތަކުގެ އިތުރުން މާސްޓާސްއާ ހަމައަށް މަންދުން އަންނަނީ ކިޔަވައިދެމުންނެވެ. މި ހުރިހާ ދަރިވަރުންނަށް ވެސް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މި ހާލަތުގައި ވެސް ގޭގައި ތިބެގެން ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެން ދިއުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް