އެ އިދާރާއިން ބުނީ އެސިސްޓެންޓު އޮފިސަރުންގެ މަގާމަށް 164 މުވަައްޒަފުން ބޭނުންވާކަމަށެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ކަސްޓަމްސް އިން ވަނީ ހުޅުވާލާފައެވެ.
މަގާމުގެ ޝަރުތުތަތައް:
މި މަގާމުތަކަށް ހޮވޭ މުވައްޒަފުންގެ އަސާސީ މުސާރައަށް 5،000 ރުފިޔާ ލިބެއެވެ.
ކަސްޓަމްސް އޮފިސަރުންނަށް ލިބޭ އިނާޔަތްތައް:
މި އިނާޔަތްތަކާއެކު އެމަގާމަށް ކުރިމަތިލާ މީހުންނަށް އެވަރެޖުކޮށް މަހަކަށް 14،000 އެއްހާ ރުފިޔާ ލިބޭނެއެވެ.
މި މަގާމުތަކަށް ހޮވޭ ފަރާތްތަކުން ވަޒީފާ އަދާކުރަން ޖެހޭނީ މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ކަސްޓަމްސްގެ އޮފީސްތަކުގައެވެ.
މި ވަޒީފާއަށް އެދޭ ފަރާތްތަކަށް ކަސްޓަމްސްގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 31ވާ ހޮނިހިރު ދުވަހުގެ 14:00ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މި މަގާމަށް އެދި ހުށަހެޅޭނީ މީލާދީ ގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށްކަމަށް ކަސްޓްމަސް އިން ބުނެއެވެ.