ads
ގދ. ތިނަދޫ, ސްކޫނަ އަލީ ޝައްމާހު ވަހީދު
އަންހެނަކަށް ކަޓަރުން ހަމަލާދިން މީހާ އެހެން މައްސަލައެއްގައި ހައްޔަރު
ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ގެއަކަށް ވަދެ އަންހެނެއް ގައިގައި ކަޓަރު އަޅައި ފައިސާ ފޭރިގަތް މައްސަލައިގައި މިދިޔަ އަހަރު ހައްޔަރު ކުރި މީހަކު، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
Advertisement

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީމާއަކީ، ގދ. ތިނަދޫ, ސްކޫނަ އަލީ ޝައްމާހު ވަހީދު އެވެ. އޭނާގެ އުމުރަކީ 30 އަހަރެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށްވަނީ 10 ދުވަސް ޖަހާފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި މި މީހާ ހައްޔަރުކޮށްފައިވަނީ، ފުލުހުން އޭރު ބުނި ގޮތުގައި ސްޕާއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކަށް ހަމަލާދިން މައްސަލައެއްގައެވެ. އެކަމަކު އެ މައްސަލަ ފުލުސް އޮފީހަށް ރިޕޯޓްކޮށްފަ އެއް ނުވެ އެވެ. ފުލުހުންގެ ސަމާލުކަމަށް މައްސަލަ ގެނައި ފޭސްބުކްގައި މީހަކު އާއްމުކޮށްފައިވާ ޕޯސްޓެއް މެދުވެރިކޮށް ނޫސްވެރިއެކެވެ.

އެ ޕޯސްޓު އާއްމުކުރި މީހާ ވަނީ ބިދޭސީ މީހާ އަށް ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯތައް އޭރު ހިއްސާކޮށްފަ އެވެ. އަދި މައްސަލާގައި ތުހުމަތު ކުރެވޭ ފިރިހެނެއްގެ ފޮޓޯވެސް އެ ޕޯސްޓުގައި ހިއްސާކޮށްފައިވެ އެވެ.

މި ފަހަރުގެ ހައްޔަރާ ގުޅިގެން ނެރުނު އަމުރުން އެނގޭ ގޮތުގައި އޭނާގެ ބަންދު 50 ރެކޯޑް އެބައޮތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް