ads
ރާއްޖެއާއި ތައިލެންޑު ދެމެދު ސިއްހީ ދާއިރާގެ ތަފާތު 4 ދާއިރާއަކުން އެއްބާރުލުން ދިނުމަށް އެއްބަސްވެއްޖެ
ސިއްހީ 4 ދާއިރާއަކުން އެއްބާރުލުން ދިނުމަށް ތައިލެންޑާއެކު އެއްބަސްވެއްޖެ
ރާއްޖޭގެ ހެލްތު މިނިސްޓްރީއާއި ތައިލެންޑުގެ ޕަބްލިކް ހެލްތު މިނިސްޓްރީއާ ދެމެދު ސިއްހީ ދާއިރާގައި އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

މިގޮތުން 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ޖެނީވާގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. 

މި އެއްބަސްވުމުގެ ދަށުން ދެ ގައުމު ދެމެދު އެއްބާރުލުން އިތުރުކުރުމަށް 4 ދާއިރާއެއް ކަނޑައަޅާފައިވެއެވެ. އެއީ ޕްރައިމަރީ ހެލްތު ކެއާ ކުރިއެރުވުމާއި، ރެގިއުލޭޓަރީ ފްރޭމްވޯކްތައް ހަރުދަނާކުރުމާއި، އެކަޑަމިކް އަދި ޓެކްނިކަލް ގުޅުންތައް ވަރުގަދަކުރުމާއި، އަދި ދެމެހެއްޓެނިވި ސިއްހީ ނިޒާމުތައް ބިނާކުރުމެވެ. މިއީ ރާއްޖެއާއި ތައިލެންޑާ ދެމެދު ސިއްހީ ދާއިރާގައި އޮންނަ ގުޅުމުގައި އާ ބާބެއް ފެށުން ކަމުގައި ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

ވޯލްޑް ހެލްތު އެސެމްބްލީގައި ރާއްޖެއިން ބައިވެރިވާ މިފަހަރު، ތައިލެންޑާއެކު މި އެއްބަސްވުމުގައި ސޮއިކުރުމަކީ ސިއްހީ ދާއިރާގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް އިންޓަނޭޝަނަލް ގުޅުންތައް ހަރުދަނާކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއް ކަމަށް ފާހަގަކުރެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް