ads
މުލީ އެއާޕޯޓްގައި މޯލްޑިވިއަންގެ ބޯޑެއް
ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ތަރައްގީއަށް އޮތް ހުރަހެއް: ނަޝީދު
ދިވެހިރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވެންޖެހޭނެ ކަމަށާއި ނަމަވެސް ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ތަރައްގީއަށް އޮތް ބޮޑު ހުރަހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

މ. މުލީގައި ބޮޑު ހަރަދެއް ކޮށްގެން ހެދި އެއާޕޯޓު ރަސްމީކޮށް މިއަދު ހުޅުވާފައި ވަނިކޮށް، އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅުވާލައި، އާއްމުން ރަށު ބަންދުން ފިލުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

އެކަމަކު، ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ބޮޑު ހުރަހެއް ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ހދ. ކުޅުދުއްފުށީ އެއާޕޯޓަކީ ވަރަށް ދެރަކޮށް ކޮށްފައިވާ ކަމެއްކަން ފާހަގަކުރައްވައިފަ އެވެ.

"[ހދ.] ކުޅުދުއްފުށީ އެއާޕޯޓަކީ ވެސް ވަރަށް ދެރަކޮށް ކުރެވިފައިވާ ކަމެއް. އަދި [ގދ.] ތިނަދޫގައި އެއާޕޯޓެއް އެޅުން ވެސް ވާނީ ގޯހަކަށް. [ރ.] ފައިނުގައި ވެސް އެއާޕޯޓު އެޅުން ރަނގަޅެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ އެއާޕޯޓު އަޅާފައި ވަނީ އެ ރަށުގެ ކުޅިން ބައެއް ހިއްކައިގެންނެވެ. އޭގެ ސަބަބުންް ތިމާވެށީގެ ނޭދެވޭ ވަރަށް ގިނަ އަސަރު ރަށުން މިހާރު ފެނެ އެވެ. ފައިނުގައި އެއާޕޯޓު އަޅަން ރާވާފައި ވަނީ ރަށް ހިއްކައިގެންނެވެ. އެ ރަށަކީ ގުދުރަތީ ގޮތުން އާދަޔާ ހިލާފަށް ރީތި ރަށެކެވެ. ތިނަދޫގައި އަޅަން ނިންމި އެއާޕޯޓުގެ މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.

މިއަދު ރަސްމީކޮށް ހުޅުވި މުލީ އެއާޕޯޓުގެ މަސައްކަތް 2021 ގައި އެމްޓީސީސީއާ ހަވާލު ކޮށްގެން ފެށީ ކުރީގެ ރައީސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 212 މިލިއަން ރުފިޔާއަށެވެ. އެކަމަކު ބަޖެޓުގެ ދަތިކަމާ ހެދި އެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސް އެންމެ ފަހުން ކުރި ހަރަދުތަކާ އެކު މުޅި ޕްރޮޖެކްޓަށް 540 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް