ads
ޒިޕް ބޯޓު
ޒިބަކުން ކަނޑު ހުޅުވާލައިފި
ޖަޕާނުގެ ޑިޒައިނަރެއް ކަމަށްވާ ޔަސުހިރޯ ސުޒުކީ ޒިބެއްގެ ސިފަޖަހާ ބޯޓެއް އުފައްދައިފިއެވެ.
Advertisement

"ޒިޕް-ފާސްޓެނާ ޝިޕް" ގެ ނަމުން ތައާރަފުކޮށްފައިވާ މި ބޯޓަކީ ދުއްވާލުމުން ކަނޑު ޒިބަކުން ހުޅުވާލާ ކަމުގެ އިލްޔުޝަނެއް އުފެދޭގޮތަށް ފަރުމާކޮށްފައިވާ ބޯޓެކެވެ. މި ވިލަރެސް ބޯޓަކީ ޑިޒައިނާޓް ޓޯކިޔޯ ގައި ބޭއްވުނު "އޯޕަނިން ދަ ރިވާ" ގެ ނަމުގައި ހިންގުނު އާޓް އިންސްޓޮލޭޝަންގެ ބައެކެވެ.

މި ބޯޓަކީ 9 މީޓަރުގެ ދިގުމިން ހުންނަ، ކްރޯމް ކުލައިގައި ފަރުމާކޮށްފައިވާ އުޅަނދެކެވެ. ޒިބެއްގެ ސިފަ ޖެއްސުމަށްޓަކައި މި ބޯޓުގެ ބްރިޖް އަދި ޕުލާ ހުރީ ހަގީގީ ޒިބެއް ގޮތައް ހަދާފައެވެ. މި ބޯޓު  ދުއްވާލުމުން އޭގެ ފަހަތުން އުފެދޭ ފޮނުގެ ސަބަބުން ފެންގަނޑު ފަޅައިގެން ދާ މަންޒަރު ފެނެއެވެ.

ސުޒުކީ ވަނީ މި ބޯޓު ފަރުމާކުރުމުގެ ހިޔާލު ލިބިފައިވަނީ އޭނާ މަތިންދާބޯޓެއްގައި ދަތުރެއް ކުރަމުންދަނިކޮށް ޓޯކިޔޯ ބޭ ހުރަސްކޮށް ދުއްވަމުންދިޔަ އުޅަނދެއް ފެނުމުން ކަމަށް ބުނެފައެވެ. އޭނާ ބުނީ ގޮތުގައި އެ އުޅަނދު ދުއްވަމުން ދިޔައިރު ފެން މަތީގައި ޒިބެއް ހުޅުވެމުންދާ މަންޒަރެއް ފެނުނެވެ. އެއަށްފަހު މި ޑިޒައިން ތައްޔާރުކުރުމަށް އޭނާއަށް ‘އިލްހާމް’ ފަދަ ވިސްނުމެއް ލިބުނުކަމަށް އޭނާ ބުންޏެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް