"ޑޮކްޓާ ޑެތް" ގެ ގޮތުގައި މަޝްހޫރުވެފައިވާ މި އާޔުވެދިކް ޑޮކްޓަރަކީ އޭނާ މަރާލާ މީހުން ކިނބުލަށް ކާންދޭތީ އެގޮތަށް ނަން ހަރުލާފައިވާ ސީރިއަލް ކިލަރެކެވެ. މިދިޔަ އަހަރު ޕެރޯލްގައި ދޫކޮށްލުމަށްފަހު ފިލައިގެން އުޅެނިކޮށް އޭނާ އަލުން ހައްޔަރުކުރީއެވެ.
މި މަޝްހޫރު ސީރިއަލް ކިލަރަށް ދިއްލީ، ރަޖަސްތާން އަދި ހަރިޔާނާގެ ކޯޓުތަކުން 7 ވަކި މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވެއެވެ. އަދި ގުރުގާން ކޯޓުން އޭނާއަށް މަރުގެ ހުކުމް ކަނޑައަޅާފައިވެއެވެ.
މި މީހާއަކީ ކުރިން އާޔުވެދިކް ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި މީހެއް ކަމަށްވާއިރު، ފަހުން ނުރައްކާތެރި ސީރިއަލް ކިލަރަކަށް ވެގެންދިޔައެވެ. އޭނާއަކީ ތަފާތު އެކި ސަރަހައްދުތަކުގައި މީހުން މަރާ، އެމީހުންގެ ހަށިގަނޑުތައް ކިނބުލަށް ކާންދޭ ކަމަށް މަޝްހޫރުވެފައިވާ މީހެކެވެ.