ads
ރައުދު މިއަދު މާލެ ގެނެސް އަނބުރާ ދޫނިދޫއަށް ގެންދަނީ
ރައުދު ބަންދުން ދޫކޮށްލައިފި
މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލާގައި ހައްޔަރުކޮށްފައި ހުރި ރައުދު އަހްމަދު ޒިލާލް ބަންދުން ދޫކޮށްލައިފި އެވެ.
Advertisement

ރައުދު ދޫކޮށްލިކަން ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އޭޕްރީލް މަހުގެ 24 ވަނަ ދުވަހު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ރައުދު ދޫކޮށްލީ މިއަދު ހެނދުނު އެވެ.

ރައުދު ދޫކޮށްލިކަން ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު އޭނާ މިއަދު ދޫކޮށްލިކަން އެނގުނީ، އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި އޮތް މައްސަލަ މިއަދަށް ތާވަލުކޮށްފައިވަނިކޮށް، މައްސަލަ އަނބުރާ އޭނާ ގެންދިޔުމުން ހައިކޯޓުން އާއްމު ކުރި ބާތިލު ރިޕޯޓުންނެވެ. އެ ރިޕޯޓުގައިވާ ގޮތުން ރައުދު ދޫކޮށްލުމުން، އޭނާ އެ މައްސަލަ އަނބުރާ ގެންދިޔައީ އެވެ.

މިހާރު އުމުރުން 22 އަހަރުގެ ރައުދު މިއަދު ބަންދުން ދޫކޮށްލިއިރު، އޭނާގެ ބަންދު މުއްދަތު ހަތަރު ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފައެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން 15 ދުވަސް، އޭގެފަހުން ފަސްދުވަސް އަދި އެންމެފަހުން 20 ދުވަހުގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ ޖަހާފާ އެވެ.

ހައިކޯޓްގައި އިސްތިއުނާފު ކޮށްފައިވަނީ މީގެތެރެއިން 5 ދުވަހަށް ރައުދު ބަންދުކުރަން ކޯޓުން ނެރުނު އަމުރެވެ. އިސްތިއުނާފު މައްސަލާގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ބަންދުގެ މުއްދަތު ޖަހާފައިވަނީ ގާނޫނާ ހިލާފަށްކަމަށެވެ.

ރައުދުގެ ބަންދަށް ފަސްދުވަސް ޖެހި ދުވަހު ފުލުހުން އެންމެ ފުރަތަމަ ކޯޓުގައި އެދުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ބ. އަށް ރިއާޔަތްކޮށް ބަންދުގެ މުއްދަތު އިތުރު ކޮށްދިނުމަށެވެ. ފުލުހުން އެހެން އެދުމުން އެ މާއްދާގެ ދަށުން ރައުދު ބަންދުގައި ނުބެހެއްޓޭނެކަމަށް އޭނާގެ ދިފާއީ ވަކީލުން ބުނުމުން ފުލުހުން އެ މާއްދާ ބަދަލުކޮށްދިނުމަށް އެދުމެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް