ކޮވިޑްގެ ކޭސްތަކުގެ އިތުރުން ޑެންގީ އަދި އިންފްލޫއެންޒާގެ ކޭސްތައް ވެސް ގިނަ އަދަދަކަށް ރިޕޯޓުކުރެވެމުންދާ ކަމަށް އެޗްޕީއޭއިން މިއަދު ހާމަކުރި އެވެ.
އެޗްޕީއޭއިން ބުނީ، ރާއްޖޭގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތު ވަރަށް ގާތުން މޮނިޓަކޮށް، އިތުރު ތަފްސީލް ހާމަކުރަމުން ގެންދާނެ ކަމަށެވެ. އަދި މި ބަލިތަކުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، އިތުރަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
ކޮންމެ އަހަރެއްގެ ވެސް ވިއްސާރަ މޫސުމާ ދިމާކޮށް ބަލިތައް ފެތުރުން ވަރަށް ބޮޑަށް އިތުރުވާކަން ފާހަގަކުރެވެ އެވެ. ވީމާ، މި ދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް އާންމު ރައްޔިތުން ސަމާލުކަން ބަހައްޓަން ޖެހޭކަން އެޗްޕީއޭއިން ބުނެފައިވެ އެވެ.