ads
ފުލުހުން ކުރިން އަތުލައިގަތް ކްރިސްޓަލް މެތް--
7.2 މިލިއަން ރުފިޔާގެ މެތަމްފެޓަމައިން ހިފަހައްޓައިފި
ކަސްޓަމްސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 7.2 މިލިއަން ރުފިޔާގެ އަގުހުރި 3.6 ކިލޯގެ މެތަމްފެޓަމައިން ހިފަހައްޓައިފިއެވެ.
Advertisement

ކަސްޓަމްސްއިން ބުނީ މި މަސްތުވާތަކެތި ހިފެހެއްޓީ، ވައިގެމަގުން ރާއްޖެއަށް އެތެރެކުރި ޝިޕްމަންޓެއްގައި މަސްތުވާތަކެތި ހުރިކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

ކަސްޓަމްސްއިން އިތުރަށް ބުނީ، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން، މި ތަކެއްޗަކީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމައިން ކަމަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 3.6 ކިލޯގްރާމް ހުރި ކަމަށް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރުވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ. މިއީ ފާއިތުވި ދުވަސްތަކުގައި ރާއްޖެއަށް އެތެރެކުރަން އުޅުނިކޮށް ހިފެހެއްޓުނު އެންމެ ބޮޑެތި މަސްތުވާތަކެތީގެ ޝިޕްމަންޓްތަކުގެ ތެރެއިން އެއް ޝިޕްމަންޓް ކަމަށް ފާހަގަކުރެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް