މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހަފްތާގައި ބަންދްރާގައި ހުންނަ ގެލެކްސީ އެޕާޓްމަންޓްގައެވެ.
ޕޮލިހުން ބުނާ ގޮތުގައި، މި ދެމީހުން ވަކިވަކިން އަންގާރަ އަދި ބުދަ ދުވަހު ސަލްމާން ހާންގެ ގެއަށް ވަންނަން މަސައްކަތްކޮށްފައިވެއެވެ. މި މައްސަލަ ބަލަމުންދާކަމަށް މުންބާއީ ޕޮލިހުން ބުރާސްފަތި ދުވަހު ހާމަކޮށްފައިވެއެވެ.
ސަލްމާން ހާން ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓަކީ މުންބާއީގެ މަޝްހޫރު ސަރަހައްދެއްގައި ހުރި ތަނެކެވެ. މީގެ ކުރިންވެސް ބޮލީވުޑްގެ މަޝްހޫރު ތަރިއަށް އެކި ފަހަރު މަތީން ބިރުދެއްކުމާއި އިންޒާރު ދީފައިވާކަން ފާހަގަކުރެވެއެވެ. މި ހާދިސާއާ ގުޅިގެން ސަލްމާން ހާންގެ ގޭގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާކަމަށް ވެސް ޕޮލިހުން މައުލޫމާތު ދީފައިވެއެވެ.