މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލުގެ ބަންދަން މިއަދު ކްރިމިނަލް ކޯޓުން ފަސް ދުވަސް މިދިނީ އިއްޔެ އޭނާ ދޫކޮށްލުމަށް ފަހު އަލުން ހައްޔަރު ކުރުމަށް ފަހުއެވެ.
ރައުދު އިއްޔެ ދޫކޮށްލީ އޭނާގެ ބަންދަށް އެންމެ ފަހުން ކްރިމިނަލް ކޯޓުން ދިން 20 ދުވަހުގެ މުއްދަތުގެ ތެރޭގައެވެ.
ފުލުހުން ރައުދު ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިޖުރާއީ ލަފާގެ މަތިން ކަމަށްވެއެވެ. ދޫކޮށްލީ އޭނާގެ އިސްތިއުނާފު ފެށެން ކުޑަތަންވެފައިވަނިކޮށެވެ.