
މައުލޫމާތު ލިބިފައިވާ ގޮތުގައި އަޑުބަރޭ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލީހަށް ހާޒިރުކުރީ ހުކުރު ދުވަހުއެވެ. އެކަމަކު ކްރިމިނަލް ކޯޓުގެ ގާޒީ އިހުސާން އިބްރާހީމްވަނީ އަޑުބަރޭ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލާފައެވެ.
އަޑުބަރޭގެ ބަންދާމެދު ގޮތެއް ނިންމި ރިޕޯޓުން އެނގޭ ގޮތުގައި ތުހުމަތު ކުރެވޭ މާރާމާރީގެ މައްސަލައަކީ މަދަނީ މުއާމަލާތްތަކަކާ ގުޅޭ މައްސަލައެކެވެ. އެކަން އެނގޭ ބައެއް ލިޔުންތައްވެސް ކޯޓަށް ހުށަހެޅި ކަމަށްވެއެވެ.
އަޑުބަރޭއަކީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ދައުވާތަކާ ގުޅިގެން ކޮށްފައި ކޯޓަށް ޖާމިނުވީ މީހާއެވެ. އެ މައްސަލައިގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުނުވެގެން އަޑުބަރޭ 15 ދުވަހަށް ޖަލަށްވެސް ލިއެވެ. އެކަމަކު އެ މައްސަލަ ފަހުންވަނީ ކުރިއަށް ނުގެންދަން ނިންމާފައެވެ.
ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަޑުބަރޭއަކީ ސިޔާސީ އެކްޓިވިސްޓެއްވެސް މެއެވެ. އޭނާވަނީ ނިމިދިޔަ ސަރުކާރުގައި ސިޔާސީ އިސް މަގާމެއް އަދާކޮށްފައެވެ.