ads
މިފްކޯގެ މަސްފިހާރައެއް ފުވައްމުލައް ސިޓީގައި ހުޅުވުން
މިފްކޯގެ މަސްފިހާރައެއް ފުވައްމުލައް ސިޓީގައި ހުޅުވައިފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަސްފިހާރައެއް ފުވައްމުލައް ސިޓީގައި ހުޅުވައިފި އެވެ.
Advertisement

މީގެ ކުރިން، މިއަހަރުގެ މެއި މަހުގެ ފަހުކޮޅު އައްޑޫ ސިޓީ ހިތަދޫގައި ވަނީ މަސްފިހާރައެއް ހުޅުވާފަ އެވެ. މީގެ އިތުރުން، މާލޭގެ ދެ ފިހާރައާއި ހުޅުމާލޭގެ ތިން ފިހާރަ މެދުވެރިކޮށް މިފްކޯއިން އަންނަނީ ކުންފުނީގެ އުފެއްދުންތައް ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.

ރޭ ހުޅުވި ފުވައްމުލަކު މަސްފިހާރަ ގާއިމުކޮށްފައިވަނީ ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ހަދާފައިވާ ފުވައްމުލައް ފިޝް ޕްރޮސެސިންގ ފެސިލިޓީއާ އިންވެގެންނެވެ. މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިފްކޯގެ މެނޭޖިން ޑައިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު އަނަސް އެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ އިސްވެރިންނާއި ފުވައްމުލަކު ރައްޔިތުން ބައިވެރިވި އެވެ.

ފުވައްމުލަކު މަސްފިހާރައިގެ ސަބަބުން އެރަށު ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް ލުއި އަގެއްގައި މެދުނުކެނޑި ލިބުމަށް މަގުފަހިވެގެންދާނެއެވެ. އަދި މި ފިހާރައިން މިފްކޯގެ ހުރިހާ އުފެއްދުންތަކެއް ވެސް ލިބެން ހުންނާނެ އެވެ. 1 އޮގަސްޓް 2026 އިން ފެށިގެން މިފްކޯގެ މަސްފިހާރަތައް ހަފުތާގެ ހަތް ދުވަހު ހުޅުވަން ހަމަޖައްސާފައި ވާއިރު، ފުވައްމުލަކު ފިހާރައިންވެސް ހުކުރު ދުވަހުވެސް ހިދުމަތް ލިބޭނެއެވެ.

މިފްކޯގެ ފިހާރަތައް އިތުރުކޮށް ވިޔަފާރި ފުޅާކުރަމުންދާއިރު، މިފްކޯގެ އަމާޒަކީ އުފެއްދުންތެރިކަން އިތުރުކޮށް، ފެންވަރު ރަނގަޅު އުފެއްދުންތަކެއް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ވިދާޅުވެ އެވެ. އަދި ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާގޮތުގެމަތީން މަސްވެރިކަމުގެ ދާއިރާ ކުރިއަރުވައި، ދިވެހި މަސްވެރިންނަށް ނަފާ އިތުރުކޮށްދިނުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް