ads
ތެޔޮ ލީކުވެގެން ޔޫއޭއީގެ ބައެއް ބީޗްތައް ބަންދުކޮށްފި
ތެޔޮ ލީކުވުމާ ގުޅިގެން ބައެއް ބީޗްތައް ވަގުތީގޮތުން ބަންދުކޮށްފި
ޔޫނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އުންމު އަލް ޤުވައިންގެ ގޮނޑުދޮށްތަކަށް ތެޔޮ ލީކުވުމާ ގުޅިގެން، އެ ސަރަހައްދުގެ ބީޗްތައް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
Advertisement

މި ހާދިސާއަކީ ތެޔޮ އުފުލާ ޓޭންކަރަކުން ތެޔޮ ލީކުވެގެން ހިނގި ހާދިސާއެއް ކަމަށް ޔޫއޭއީގެ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވާރަންމަންޓުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މި ހާދިސާގެ ސަބަބުން އުންމު އަލް ޤުވައިންގެ ގޮނޑުދޮށްތަކަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާއިރު، ތެޔޮ ލީކުވުމާ ގުޅިގެން އުފެދުނު ތެލުގެ ވަސް ގަދައަށް ޔޫއޭއީގެ ގިނަ އެމިރޭޓްސްތަކަކަށް ވަނީ ފެތުރިފައެވެ. މިކަމުގެ ސަބަބުން ގިނަ ސަރަހައްދުތަކަކުން ތެލުގެ ވަސް ދުވާކަމުގެ ރިޕޯޓްތައް ވަނީ ލިބިފަ އެވެ.

ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ އަސަރުކޮށްފައިވާ ކޯސްޓަލް ނުވަތަ ގޮނޑުދޮށް ސަރަހައްދުތައް ވަގުތީ ގޮތުން ބަންދުކޮށް، އާންމުން އެ ސަރަހައްދުތަކަށް ދިއުން މަނާކޮށްފަ އެވެ. މިއީ އާންމުންގެ ރައްކާތެރިކަމަށާއި ތިމާވެށި ހިމާޔަތްކުރުމަށްޓަކައި އަޅާފައިވާ އަވަސް ފިޔަވަޅެކެވެ.

އޭގެ އިތުރުން، ތެޔޮ އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި ކޮންޓެއިންމަންޓް މަސައްކަތްތަކާއި، ސަރަހައްދު ސާފުކުރުމުގެ ކުއްލި އޮޕަރޭޝަންތައް ކަމާބެހޭ އިދާރާތަކުން ވަނީ ފަށާފައެވެ. މި އޮޕަރޭޝަންގެ ދަށުން ކަނޑާއި ގޮނޑުދޮށްތަކަށް އެއްވެފައިވާ ތެޔޮ ނެގުމުގެ މަސައްކަތް އަވަސްކުރުމަށް އިސްކަންދެމުންދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް