އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކައުންސިލްތަކުގެ އިންތިހާބުގެ ތައްޔާރީތައް މިހާރުވެސް ކޮމިޝަނުން ފަށާފައިވާކަމަށެވެ.
އެގޮތުން ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަކީ އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލާ އިންތިހާބަށް ވުމުން ވަރަށް ބޮޑު އިސްކަމެއް ދީގެން މިހާރު އިންތިހާބުގެ ތައްޔާރީތަކުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
ޒާހިދު ވިދާޅުވީ އިންތިހާބީ ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދުތަކަށް ގެންނަން ޖެހޭ އިސްލާހުތަކެއް ގެނައުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.