ads
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅާ 4000 ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުގެ މަސައްކަތް ނިމިފައި
ފްލެޓް ލިސްޓުގެ ޝަކުވާތައް މި މަހު ބަލައި ނިންމަނީ
ގެދޮރުވެރިކަމުގެ ސްކީމްގެ 4000 ޔުނިޓް ލިބޭ މީހުންގެ ލިސްޓާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތައް މި މަހުގެ ނިޔަލަށް ބަލައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.
Advertisement

އޭޕްރިލް 15 ގެ ނިޔަލަށް ޖުމްލަ 8،602 ޝަކުވާ ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ޝަކުވާތަކުގެ ތެރެއިން ޕޯޓަލް މެދުވެރިކޮށް 5،236 ޝަކުވާއާއި، އީމެއިލް މެދުވެރިކޮށް 2،840 ޝަކުވާ އަދި ސިޓީ މެދުވެރިކޮށް 526 ޝަކުވާ ހުށަހަޅާފައިވެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގަކުން ހާމަވެފައިވަނީ ފްލެޓް ލިބުނު މީހުންގެ ތެރޭގައި ޝަރުތު ހަމަނުވާ ގިނަ ބަޔަކު ހިމެނޭ ކަމަށެވެ. މި ސަބަބަށްޓަކައި، މި ލިސްޓް އަލުން މުރާޖައާކުރުމަށް ސަރުކާރުން ނިންމިއެވެ.

ލިސްޓްގެ މައްސަލަ ބެލުމުގައި ރިއާޔަތްކުރަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު ކުރީގެ ސަރުކާރުން ގެޒެޓްކުރި 4،000 ފްލެޓް ލިބޭނެ ފަރާތްތަކުގެ ލިސްޓަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ. ހާއްސަ ކޮމިޓީއަކުން ބެލިބެލުމުން، ފްލެޓް ލިބޭނެކަމަށް ކަނޑައެޅުނު 4،000 މީހުންގެ ތެރެއިން 2،180 މީހުން ޝަރުތު ހަމަނުވާކަން ވަނީ ފާހަގަކުރެވިފައެވެ. މިފަހަރުގެ ޝަކުވާ ހުށަހެޅުމުގެ މަރުހަލާގައި އިތުރު ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތެއް ދީފައިނުވި ނަމަވެސް، ކޮންމެ ފަރާތަކަށްވެސް އެފަރާތުން ހިމަނަން ބޭނުންވާ މަޢުލޫމާތުތައް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު ދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް