ads
ކޯސްޓްގާޑުގެ އުޅަނދެއްގެ ފޮޓޯއެއް -- ފޮޓޯ: އެމްއެންޑީއެފް
"މުތާ ޑައިމަންޑް" ބޯޓުގެ ކެޕްޓަން އިތުރު 15 ދުވަހަށް ބަންދުކޮށްފި
ރާއްޖެއަށް ކަނޑުމަގުން 7 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި އަތުލައިގެން "މުތާ ޑައިމަންޑް" ބޯޓުގެ ކެޕްޓަންގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 15 ދުވަސް ޖަހައިފިއެވެ.
Advertisement

މި ބޯޓުގެ ކެޕްޓަނަކީ އިންޑޮނޭޝިއާއަށް ނިސްބަތްވާ 30 އަހަރުގެ ނަސްވަން އަދީލެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ވާގޮތުން، މި ބޯޓުގެ އިންޖީނު ރޫމުގެ ވަތެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 7 ޝީޓް ތަހުލީލުކުރުމުން އިޑްރޯކެނަބިނޯހަޓެޓްރާލް އަދި ކެނަބިނޯލްއަށް ޕޮޒިޓިވް ވެފައިވެއެވެ. މި ތަކެތީގެ ޖުމްލަ ބަރުދަނަކީ 6.5 ކިލޯއެވެ. ކޯޓުން ފާހަގަކޮށްފައިވާ ގޮތުގައި ނަސްވަންއަކީ ބޯޓުގެ ކެޕްޓަން ކަމަށްވުމުން، ބޯޓަށް އެރުވޭ އެއްޗެހީގެ ޒިންމާ އެހެން ފަރާތަކުން ނުނަގާ ހާލަތުގައި އެކަމުގެ ޒިންމާ ނަގަންޖެހޭނީ އޭނާއެވެ.

އެހެންނަމަވެސް، ނަސްވަންގެ ދިފާއީ ވަކީލު ވަނީ ބޯޓުގެ ބައެއް ފަޅުވެރިން ދޫކޮށްލާފައިވާކަން ފާހަގަކޮށްފައެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވަނީ، ބޯޓުގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭކަމަށް ބުނިނަމަވެސް، ކެޕްޓަންގެ ޒިންމާއިން ބަރީއައެއް ނުވެވޭނެ ކަމަށެވެ. ބޯޓުން މަސްތުވާތަކެތި ފެނުމާ ގުޅިގެން މާޗް 21 ވަނަ ދުވަހު 10 ބިދޭސީން ހައްޔަރުކޮށްފައިވާއިރު، އޭގެތެރެއިން ފަސް ބިދޭސީން ވަނީ ދޫކޮށްލާފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް