ads
މުލީ އެއާޕޯޓށް ޖެއްސި ފުރަތަމަ ކޮމާޝަލް ފްލައިޓްގައި ދަތުކުރި މީހުން
މީމުގެ ފުރަތަމަ އެއާޕޯޓަށް ކޮންމެ ހޮނިހިރު ދުވަހަކު ފްލައިޓެއް
މުލީ އެއާޕޯޓަށް އާއްމު ދަތުރުތައް ފަށައިފިއެވެ.
Advertisement

މީމު އަތޮޅުގައި ތަރައްގީކުރި ފުރަތަމަ އެއާޕޯޓް ރަސްމީކޮށް ހުޅުވީ މިމަހުގެ 20 ވަނަދުވަހުއެވެ. ރަސްމީކޮށް އެއާޕޯޓް ހުުޅުވާދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. 

މުލީ އެއާޕޮޓް ބަލަހައްޓާ ރީޖަނަލް އެއާޕޯޓްސްއިން ވަނީ މުއްޔަށް ދަތުރުކުރުމަށް އެތެރޭގެ އުދުހުންތައް އޮޕަރޭޓުކުރާ މޯލްޑިވިއަން، ވިލާ އަދި މަންތާއަށް ފުރުސަތު ހުޅުވާލަފައެވެ. އެހެންނަމަވެސް މިހާތަނަށް އެކަމަށް ޝައުގުވެރިކަން ފާޅުކުރީ ހަމައެކަނި މޯލްޑިވިއަނުންކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ބުނެެއެވެ. 

your imageމުލީ އެއާޕޯޓަށް އައި ކޮމާޝަލް ފްލައިޓުން އައި ދަތުރުވެރިންނަށް އެރަށުން މަރުހަބާ ކިޔަނީ 

މޯލްޑިވިއަނުން ވަނީ މުއްޔަށް ދަތުރުތައް އިއްޔެ ފަށާފައެވެ. އެގޮތުން ކޮންމެ ހޮނިހިރު ދުވަހު މުއްޔަށް ފްލައިޓެއް އޮންނާނެކަމަށް ރީޖަނަލް އެއާޕޯޓްއިން ބުނެއެވެ.

މާލެއިން މުއްޔަށް ފުރާނީ ކޮންމެ ހޮނިހިރު ދުވަހު 15:30ގައެވެ. އަދި މުލިން މާލެއަށް ފުރާނީ 16:45ގައެވެ.

މާލެއިން ފުރައިގެން 35 މިނެޓްގެ މި ދަތުރަށް ސީޓް ބުކްކުރަން މޯލްޑިވިއަނުން  ވަނީ ހުޅުވާލާފައެވެ. އެކުންފުނިން ބުނީ މުއްޔަށް އެއްކޮޅަށް ފެއާގެ އަގުތައް ފެށޭ އަގަކީ 1377 ރުފިޔާކަމަށެވެ.  

މ. މުލީގައި އެއާޕޯޓް ތަރައްގީކުރަން ނިންމާ އެ މަސައްކަތް ފެށީ މިދިޔަ ވެރިކަމުގައި 2021 ވަނައަހަރުއެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މި މަޝްރޫއުގެ އަގަކީ 221.7 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކާއި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. އަދި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޓެކްސީވޭއަކާއި އޭޕްރަން ގާއިމުކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް