ފުލުހުން ބުނީ މި މާރާމާރީ ހިންގީ ހުޅުމާލެ ބުރެވިގަސް މަގުގައި މިއަދު މެންދުރު 1:30 ހާއިރުކަމަށެވެ.
ފުލުހުން ބުނީ މާރާމާރީގެ ރިޕޯޓް ލިބިގެން ގޮސް ބެލިއިރު އަންހެނެއްގެ ކުރީގެ ފިރިމީހާ އާއި އޭނާގެ މިހާރުގެ ލޯބިވެރިޔާއާ ދެމެދު މާރާމާރީ ހިންގައިގެން އުޅޭކަމަށެވެ. އަދި އެ މާރާމާރީގައި އާއިލާގެ އިތުރު ބަޔަކު ވެސް ބައިވެރިވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެ މާރާމާރީގައި އެކެއްގެ ބޯ ފެޅި، ކުދި އަނިޔާތައްވެސް ލިބިފައިވާ ކަަމަށާއި ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަަމަށް ފުލުހުން ބުނެއެވެ.
މި ދެ މީހުން ވެސް މިހާރު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ