ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ސައުދީގެ އިސް ބޭފުޅުން ބައިވެރިވަނީ - ފޮޓޯ: ރައީސް އޮފީސް
ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓް އިނީޝިއޭޓިވް ރައީސް އިފްތިތާހުކޮށް ދެއްވައިފި
ރާއްޖެ އިން ހައްޖަށް ދާ މީހުންނަށް އަލަށް ތައާރަފްކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ހިދުމަތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.
Advertisement

މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖޭން ބައިވެރިވުން އިފްތިތާހުކޮށްފައިވަނީ އެކަމަށްޓަކާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މައްކާ ރޫޓް އިނީޝިއޭޓިވަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ.

ނަތީޖާއަކީ ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވުމެވެ. ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ. އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް ފަސޭހަވެގެންދާނެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މައްކާ ރޫޓުގައި ބައިވެރިވެވޭނީ ވަރަށް ގިނަ ޝަރުތުތަކެއް ފުރިހަމަ ވުމުން ކަމަށެވެ.

ސައޫދީން އެ ފުރުސަތު ދެނީ އެ ގައުމަކުން އެއްފަހަރާ މަދުވެގެން 20،000 މީހުން ހައްޖަށް ދާ ނަމަ ކަމަށާއި ނަމަވެސް ރާއްޖެ އަށް އެ އަދަދާ ހަމައަށް ދެވޭނެ ދުވަހެއް ނޭނގުނަސް އެ ފުރުސަތު ލިބިފައި ވަނީ އެއްވެސް އެއްބަސްވުމެއް ނެތި ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

"އެހެން ގައުމުތަކާ ކުރެވޭ މުއާމަލާތްތައް އިސްތިސްނާކޮށް، އެއްވެސް އެގްރިމެންޓެއް ނެތި، ރައީސް ޑރ. މުހައްމަދު މުއިއްޒު އަށާއި ދިވެހި ރައްޔިތުންނަށް ދެއްވާ ހާއްސަ ހަދިޔާއްގެ ގޮތުގައި،" ޝަހީމް ވިދާޅުވި އެވެ.

މިއަދު ވަނީ މިއަހަރުގެ ހައްޖަށް ދިޔަ ފުރަތަމަ ގްރޫޕް ފުރައިފައެވެ. ފުރަތަމަ ގްރޫޕުގައި ހިމެނެނީ 234 ހައްޖުވެރިންނެވެ. ރައީސްގެ ދެކަނބަލުން ވަނީ އެ ހައްޖުވެރިންނާއި ބައްދަލުކުރައްވައިފަ އެވެ.

your imageދިވެހި ހައްޖުވެރީންނަށް ލުއިކޮށްދިނުމަށްޓަކައި މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާހުކޮށްދެއްވައިފި -- ފޮޓޯ: ރައީސް އޮފީސް

މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ހައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވެކެވެ. މި މަޝްރޫއުގެ މަގުސަދަކީ ހައްޖުވެރިންނަށް ލުއި ފަސޭހަކޮށް ދިނުމެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހު ފަސްވަަނަ ދުވަހެވެ. ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް މި އަހަރު ވަނީ 1،000 ކޯޓާ ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް