ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އަހުމަދު ސަރީރު
"ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަކީ ކުރިއެރުމެއް"
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަކީ ރާއްޖެއާއި ސައުދި އަރަބިއްޔާއާ ދެމެދު އޮތް ގާތް ގުޅުން ދައްކުވައިދޭ ކަމެއް ކަމަށް ރާއްޖެއިން ސައުދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު ވިދާޅުވެއްޖެއެވެ.
Advertisement

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމަނަނީ ސައުދީއާ ވަރަށް ގުޅުން ރަނގަޅު ގައުމުތައް ކަމަށާއި ހައްޖާޖީންގެ އިންތިޒާމުތައް ކުރީ އަހަރުތަކުގައި ހަމަޖައްސައިދީފައިވާ ގޮތަށް ވެސް ސައުދީން ބަލާ ކަމަށެވެ.

މީގެއިތުރުން، އެ ނިޒާމުގައި ހިމަނަނީ އިންތިޒާމުތައް ވަރަށް ރަނގަޅަށް ހުންނަ ގައުމުތައްކަމަށް ސައުދީން ބުނެފައިވާ ކަމަށާއި، ރާއްޖެއަކީ އަބަދުވެސް ވަރަށް ރަނގަޅަށް ހައްޖާޖީންގެ އިންތިޒާމުތައް ހަމަޖައްސާ ގައުމެއްކަމުން އެ ފުރުސަތު ދެވޭތޯ ބަލާނެކަމަށް ފުރަތަމަ ބައްދަލުވުމުގައިވެސް ސައުދީން ބުނެފައިވާކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.

މައްކާ ރޫޓަށް ރާއްޖެ އިތުރު ކުރުމަށް މަސައްކަތް ފެށީ މިއަހަރުގެ ކުރީކޮޅުގައި ކަމަށާއި މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިކަން ވެގެން ދިޔައީ ދެގައުމުގެ ގުޅުން ރަނގަޅުކަމުން ކަމަށް ސަފީރު ސަރީރު ވިދާޅުވިއެވެ. އަދި މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިކަން ވެގެން ދިއުމަކީ ރާއްޖެއަށް ލިބުނު ކުރިއެރުމެއް ކަމަށާއި އަދި ދެގައުމުގެ ގުޅުމަށްވެސް ލިބުނު ކުރިއެރުމެއްކަމަށް ސަފީރު ސަރީރު ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް