ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އޭޖީ އޮފީސް
ފުލުހުންނަށް މައްސަލަ ފޮނުވީ ބިރުދެއްކުމަށް: ސެންޓަ އެންޓަޕްރައިސަސް
ދައުލަތާ ދެކޮޅަށް ކުރި ދައުވާގެ މައްސަލަތަކުގައި، ދައުލަތުން ފުލުހުންނަށް މައްސަލަ ފޮނުވާފައިވަނީ ބިރުދެއްކުމަށް ކަމަށް ސެންޓާ އެންޓަޕްރައިސަސް އިން ބުނެފި އެވެ.
Advertisement

ސެންޓާ އެންޓަޕްރައިސަސް އިން 2006 ވަނަ އަހަރާއި 2008 ވަނަ އަހަރާ ދެމެދު ދައުލަތަށް ފޯރުކޮށްދިން ހިދުމަތްތަކާ ގުޅިގެން ދައުލަތުން ފައިސާ ދައްކަންޖެހޭކަމަށް ކޯޓުން ހުކުމް ކޮށްފައިވާއިރު، އެ ކުންފުނިން ފޭކް އިންވޮއިސްތަކެއް ކޯޓަށް ހުށަހެޅި ކަމަށް ތުހުމަތުކޮށް ދައުލަތުން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފަ އެވެ. 

ސެންޓާ އެންޓަޕްރައިސަސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދައުލަތުން މިހާރު ފުލުހުންނަށް މައްސަލަ ފޮނުވި ވާހަކަ ދައްކަނީ އެ ކުންފުންޏަށް ބިރުދެއްކުމަށާއި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ.

މީގެ އިތުރުން ސެންޓާ އެންޓަޕްރައިސަސް އިން ދައުލަތާ ދެކޮޅަށް ކުރި ދައުވާތަކުގައި، ލިޔެކިޔުންތައް ދައުލަތުން ސިއްރުކުރި ކަމަށް ބުނެފައިވެ އެވެ. އެގޮތުން ހެލްތު މިނިސްޓްރީ އަށް ފޯރުކޮށްދިން މުދަލާ ގުޅޭ ލިޔުންތައް ސިއްރުކުރީ ފައިސާ ނުދައްކައި ތިބިކަން ހާމަވެދާނެތީ ކަމަށް އެ ކުންފުނިން ތުހުމަތުކޮށްފައިވެ އެވެ. މީގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީއަށް ފޯރުކޮށްދިން ކަޅު ހަންތަކާ ގުޅިގެން 12.7 މިލިއަން ރުފިޔާ ދައްކަން ކޯޓުން ހުކުމްކުރި މައްސަލާގައިވެސް ފައިސާ ދެއްކިކަން ދައުލަތަށް ސާބިތުކޮށް ނުދެވިވާކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް